Roadha Mihaaru
މުނައްވަރާއި އޭނާގެ ލޯބިވެރިޔާގެ ލަވައެއް

މުނައްވަރާއި އޭނާގެ ލޯބިވެރިޔާގެ ފުރަތަމަ ފެނިލުން ލަވައަކުން

09 ޖޫން 2022

"ލޮކް އަޕް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި މުނައްވަރު ފާރޫގީ އާއި އޭނާގެ ލޯބިވެރިޔާ ނާޒިލާ އެކުގައި ކުޅުނު ފުރަތަމަ މިއުޒިކް ވީޑިއޯ ރިލީޒްކޮށްފި އެވެ.

"ލޮކް އަޕް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި މުނައްވަރު ފާރޫގީ އާއި އޭނާގެ ލޯބިވެރިޔާ ނާޒިލާ އެކުގައި ކުޅުނު ފުރަތަމަ މިއުޒިކް ވީޑިއޯ ރިލީޒްކޮށްފި އެވެ.

ސްޓޭންޑަޕް ކޮމީޑިއަންއެއްގެ ގޮތުގައި މަސައްކަތްކުރާ މުނައްވަރާއި މޮޑެލް، ނާޒިލާ ރައްޓެހިވެގެން އުޅޭކަން އެނގިފައި ވަނީ "ލޮކް އަޕް" ކާމިޔާބުކޮށްގެން މުނައްވަރު ނިކުތް ފަހުންނެވެ. އޭގެ ކުރިން ވާހަކަ ދެކެވިފައި އޮތް ގޮތުގައި މުނައްވަރާއި އެ ޝޯގެ ބައިވެރިއެއް ކަމަށްވާ އަންޖަލީގެ މެދުގައި ހާއްސަ ގުޅުމެއް އޮތެވެ.

އޭގެ ފަހުން މުނައްވަރާއި ނާޒިލާ ވަރަށް ފާޅުގައި އެކުގައި އުޅެމުން އަންނައިރު އެމީހުން އެކުގައި ފެންނާނެ ލޯބީގެ ލަވައެެއް ވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ. "ހަލްކީ ސީ ބަރްސާތު" ގެ ނަންދީފައިވާ އެ ލަވަ، ޗަންދީގަރުގައި ޝޫޓްކޮށްފައިވާއިރު، ލަވަ ކިޔާފައި ވަނީ ސާޖް ބަޓް އެވެ.

ލަވައިގައި މުނައްވަރާއި ނާޒިލާގެ ލޯބި ފެނެ އެވެ. އެ ލަވަ އަށް މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. ލަވަ ރިލީޒްކުރުމަށް ފަހު އެމީހުން ބުނެފައިވާ ގޮތުގައި އެކުގައި ލަވަ ޝޫޓްކުރުމަކީ އެމީހުންނަށް އެހާ އުނދަގޫ ކަމަކަށް ނުވި އެވެ.