02 ޑިސެމްބަރ 2024
ބޮލީވުޑްގެ ތަރި ތުރިޕްތީ ދިމްރީ އޭނާގެ ލޯބިވެރިޔާއާ އެކު އިންޑިއާގެ މުމްބާއީގެ މަގެއް މަތިން ސައިކަލުގައި ދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ބޮލީވުޑްގެ ތަރި ތުރިޕްތީ ދިމްރީ އޭނާގެ ލޯބިވެރިޔާއާ އެކު އިންޑިއާގެ މުމްބާއީގެ މަގެއް މަތިން ސައިކަލުގައި ދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
ތުރިޕްތީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ވިޔަފާރިވެރިޔާ ސޭމް މާޗެންޓުއާ އެވެ. އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާގައި ދުވަހަކު ވެސް ބުނެފައެއް ނުވެ އެވެ. އެކަމަކު، އެ ހާއްސަ ގުޅުން އޮންނަކަން އިންޑިއާގެ މީޑިއާތަކުން ކަށަވަރުކޮށްދެ އެވެ.
އެ ދެމީހުން އިއްޔެ ސައިކަލު ދުއްވަން ނުކުމެ އުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިފަ އެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮލީވުޑްގެ ތަރިން އާންމުކޮށް ކާރުގައި ނޫނީ ދަތުރު ނުކުރާތީ އެވެ.
ސޭމް ސައިކަލް ދުއްވަން އިންއިރު، ތުރިޕްތީ ފަހަތު ސީޓުގައި އިނީ އޭނާގެ މޫނު ފޮރުވަން މާސްކެއް ވެސް އަޅައިގެންނެވެ. އަދި މަގު މަތިން ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން ތުރިޕްތީ ވަނީ އޭނާގެ މޫނު ފޮރުވަން ވެސް މަސައްކަތްކޮށްފަ އެވެ.
މީގެ ކުރިން ވެސް އެ ދެމީހުން އެކުގައި ބޭރުގައި އުޅެނިކޮށް ޕަޕަރާޒީން ވަނީ ފަހަތު އަޅުވާލައިފަ އެވެ. އެއީ، މިދިޔަ އޮގަސްޓް މަހު މުމްބާއީގެ ރެސްޓޯރެންޓަކަށް ރޭގަނޑުގެ ކެއުމަށް ގޮސް ތިއްބާ ފެނިގެންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ތުރިޕްތީ އާއި ސޭމް ރައްޓެހިވީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އެއީ، ތުރިޕްތީ ކުރިން ރައްޓެހިވެގެން އުޅުނު ފިލްމު ޕްރޮޑިއުސަރު ކާނޭޝް ޝަރްމާއާ ޑިސެމްބަރު 2022 ގައި ވަކިވުމަށް ފަހު އެވެ. ކާނޭޝްއަކީ ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާގެ ބޭބެ އެވެ.
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ޖާންވީ އާއި ހުޝީއާ އެކު ވެދަންގް ވެސް ރާއްޖެއަށް
ސޯނަމް ރާއްޖެ އައިސް "ހެލޯ" ބުނެފި
އަލަންނާ އާއިލާއާ އެކު ރަންގަލި ރިސޯޓުގައި
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
އަނަންޔާ އާއި އަދިތުޔަ އެކުގައި އިޝްތިހާރެއް ކުޅެފި
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ