Roadha Mihaaru

މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

މަސާބާ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ސަތުޔަދީޕް މިޝްރާއަށް އަލަތު ދަރިފުޅު ލިބުނުކަން އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. އޭނާ ވިހެއީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ އިންސްޓަގްރާމް ޕޯސްޓުގައި ވަނީ ދަރިފުޅުގެ ފައި ފެންނަ ފޮޓޯއެއް ވެސް ހިމަނައިފަ އެވެ.

"އަހަރެމެންގެ ތުއްތު އަންހެން ދަރިފުޅު މި އުފަންވީ ވަރަށް ހާއްސަ ދުވަހެއްގައި،" އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ.

މަސާބާ އާއި ސަތުޔަދީޕް ކައިވެނިކުރީ މިދިޔަ އަހަރު ޖެނުއަރީގަ އެވެ. އަދި ކުއްޖަކު ލިބެން އުޅޭކަން އެ ދެމަފިރިން އިއުލާންކުރީ މިދިޔަ އެޕްރީލް މަހު އެވެ.

މަސާބާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ނީނާ ގުޕްތާގެ ދަރިފުޅެވެ.