Roadha Mihaaru
ކެޓްރީނާ ބަލިވެއިން ވާހަކަ ވިކީ ދޮގުކޮށްފި

ކެޓްރީނާ ބަލިވެއިން ވާހަކަ ވިކީ ދޮގުކޮށްފި

16 ޖުލައި 2024

ބޮލީވުޑްގެ އެކްޓްރެސް ކެޓްރީނާ ކައިފް ބަލިވެއިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކައުޝަލް ދޮގުކޮށްފި އެވެ.

ބޮލީވުޑްގެ އެކްޓްރެސް ކެޓްރީނާ ކައިފް ބަލިވެއިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކައުޝަލް ދޮގުކޮށްފި އެވެ.

ކެޓްރީނާ ބަލިވެއިން ކަމަށް ބުނެ އަޑުތައް ފެތުރުނީ މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާއަށް އޭނާ ދިޔައިރު އަޅައިގެން ހުރި ސާޅިން އޭނާގެ ބަނޑު ވަރަށް ބޮޑަށް ފާހަގަވާން ހުރުމުންނެވެ.

ނަމަވެސް މި ވާހަކަ ވިކީ މިހާރު ވަނީ ދޮގުކޮށްފަ އެވެ.

ވިކީ މި ދުވަސްކޮޅު އުޅެނީ، އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އޭނާގެ އާ ފިލްމު "ބޭޑް ނިއުޒް"ގެ ޕްރޮމޯޓްކުރުމުގަ އެވެ. އެ ފިލްމުގެ ޕްރޮމޯޝަނަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިވެންޓެއްގައި ފޭނަކު ވަނީ ކެޓްރީނާ ބަލިވެއިން ވާހަކައަކީ ތެދެއްތޯ ވިކީ ގާތުގައި އަހައިފަ އެވެ.

ފޭނަކު ސުވާލުކުރީ މިއަދަކީ ކެޓްރީނާގެ އުފަންދުވަހަށް ވާތީ ހާއްސަ ކަމެއް ރާވާފައިވޭތޯ އާއި އެ ދެމަފިރިންގެ ފަރާތުން "ގުޑް ނިއުސް" ނުވަތަ ބަލިވެއިން ކަމުގެ ހަބަރު ލިބޭނީ ކޮންއިރަކުން ހެއްޔެވެ.

"ޝުކުރިއްޔާ. އެއީ ވަރަށް ހާއްސަ ދުވަހެއް. ޕްލޭންކޮށްފައި އޮތީ ދެމީހުން އެކުގައި ހަމަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން. އަހަރެން ވެސް ޕްރޮމޯޝަންގައި ބިޒީކޮށް މި އުޅެނީ އަދި އޭނާ [ކެޓްރީނާ] ވެސް އުޅެނީ ދަތުރުކުރުމުގައި،" ވަކީ ބުންޏެވެ.

"ދެން ތި ދެއްކި ގުޑް ނިއުސްގެ ވާހަކައިގައި ބުނަން އޮތީ، އެ އުފާވެރި ވަގުތު ޖެހުނީމަ އެ ވާހަކަ ވެސް ހިއްސާކުރާނަމޭ. ބަލިވެއިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް، އެއީ ހަމަ މީހުން ދައްކާ ވާހަކަ."

ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ ކުޑަ ދުވަސްކޮޅެއް ފަހުން ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ ޑިސެމްބަރު 9، 2021 ގަ އެވެ.