ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަށް ދަރިއަކު ލިބެން އުޅޭ ކަމަށް އަޑުތައް އެރިޔަސް އެކަން ކެޓްރީނާގެ ޓީމުން ދޮގުކޮށްފި އެވެ.
ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް އަށް ދަރިއަކު ލިބެން އުޅޭ ކަމަށް އަޑުތައް އެރިޔަސް އެކަން ކެޓްރީނާގެ ޓީމުން ދޮގުކޮށްފި އެވެ.
ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކައިވެންޏަށް ހަ މަސްވެފައިވަނިކޮށް އިއްޔެ އަޑުއެރީ ކެޓްރީނާ ބަނޑުބޮޑު ކަމަށެވެ. ކެޓްރީނާގެ ބަނޑަށް މިހާރު ދެ މަސްވެފައިވާ ކަމަށާއި ބަލިވެ އިނުމުގެ ސަބަބުން ކެޓްރީނާގެ ފިލްމު މަސައްކަތްތަކަށް ބަދަލުތަކެއް ގެންނަން ވެސް އަންގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު ކެޓްރީނާގެ ޓީމުން ބުނީ އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ހަބަރެއް ނޫން ކަމަށެވެ. ކެޓްރީނާ ބަނޑުބޮޑު ނޫން ކަމަށް ވެސް އޭނާގެ ޓީމުން ބުންޏެވެ.
ކެޓްރީނާ ބަލިވެ އިން ކަމަށް އަޑުއެރީ މުމްބާއީ އެއާޕޯޓަށް ކުރުތާއެއް ލައިގެން އޭނާ ދިޔައިރު ހުރި ގޮތުން ބަނޑުބޮޑުވީ ކަމަށް ހީކޮށްގެންނެވެ.
ކެޓްރީނާ އާއި ވިކީ ވަނީ މިފަހުން ނިއުޔޯކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އެ ދެ ތަރިން ވެސް، ޗުއްޓީ ދަތުރުގައި އެކުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ.
އެ ދެ ތަރިން ވެސް މިވަގުތު އުޅެމުން އަންނަނީ ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ. ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓައިގާ 3" އަދި "ފޯނު ބޫތު" ހިމެނެ އެވެ. އަދި ވިކީ ވެސް ދެތިން ފިލްމެއް އެބައުޅެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ "ގޯވިންދާ ނާމް މެރާ" އެވެ.
ކެޓްރީނާ ބަލިވެއިން ވާހަކަ ވިކީ ދޮގުކޮށްފި
އަތިޔާ އާއި ރާހުލްގެ ދަރިފުޅަށް ކިޔަނީ އިވާރާ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ކެޓްރީނާ އަށް ކަމުދަނީ ވިކީ ތުނބުޅި ބެހެއްޓީމަ
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
އިސްތަށިގަނޑު އޮމާނީ މައިދައިތަގެ ސަބަބުން: ކެޓްރީނާ
ޕްރިންސާއި ޔުވިކާއަށް ކުއްޖަކު ލިބިއްޖެ
ރާދިކާ ބަލިވެއިންކަން ހާމަކުރީ ތަފާތު ގޮތަކަށް
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ގޯޕީ ބަހޫގެ ރޯލު ކުޅުނު ދެވޮލީނާ އިނީ ބަލިވެ