Roadha Mihaaru
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ

މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ

08 މެއި 2024

ފެޝަންގެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިވެންޓް، މި އަހަރުގެ މެޓް ގާލާގައި މިފަހަރު ވެސް ވަރަށް ތަފާތު، އެކި ޑިޒައިންގެ ހެދުންތައް ދައްކާލައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ފެޝަންގެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިވެންޓް، މި އަހަރުގެ މެޓް ގާލާގައި މިފަހަރު ވެސް ވަރަށް ތަފާތު، އެކި ޑިޒައިންގެ ހެދުންތައް ދައްކާލައިފި އެވެ.

"ވޯގް" މެގަޒިން އިން އިންތިޒާމުކޮށްގެން އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ދަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްގައި އިއްޔެ ބޭއްވި މި އަހަރުގެ މެޓް ގާލާގެ ތީމަކީ "ގާޑަން އޮފް ނައިޓް" އެވެ.

މިފަހަރުގެ ތީމް ހާއްސަކޮށްފައި ވަނީ ޖޭޖީ ބެލާޑްގެ ނަމުގައި ލިޔެފައިވާ ކުރު ވާހަކައެއްގެ ކެރެކްޓާސްތައް ހެދުން އަޅައިފައި ހުރި ގޮތަށެވެ.

މި ހިމަނާލަނީ މިފަހަރުގެ މެޓް ގާލާގައި އެންމެ ވިދާލި ތަރިންނެވެ.

ޒެންޑާޔާ

އެމެރިކާގެ އެކްޓްރެސް ޒެންޑާޔާ.

އެމެރިކާގެ އެކްޓްރެސް ޒެންޑާޔާ.

މިއީ މިފަހަރުގެ މެޓް ގާލާގައި ގިނަ ބައެއްގެ ލޯތައް އެންމެ ބޮޑަށް އަމާޒުވި އެއް ތަރި އެވެ. ޖޯން ގެލިއާނޯގެ މި ހެދުން ހުރީ ގަދަނޫކުލަ އާއި އެމެރަލްޑް ފެހި ކުލައިން ޑިޒައިންކޮށްފަ އެވެ. އަދި މި ހެދުމަށް ބަލާލުމުން ހީވަނީ މޭވާ ގަހަކުން އިންސްޕަޔާވެގެން ޑިޒައިންކޮށްފައިވާހެންނެވެ.

ޖީޖީ ހަޑީޑް

އެމެރިކާގެ މޮޑެލް ޖީޖީ ހަޑީޑް.

އެމެރިކާގެ މޮޑެލް ޖީޖީ ހަޑީޑް.

ޖީޖީ އަކީ މެޓް ގާލާ އަށް ވަރަށް ފަރިތަ ތަރިއެކެވެ. ހުދުކުލައިގެ ތޯމް ބްރައުން ގައުންއެއްގައި އޭނާ ލައިގެން ހުރި އިރު، އެ ހެދުމުގައި ރީނދޫ ކުލައިގެ ފިނިފެންމާތަކެއް ވެސް ހުއްޓެވެ.

ކެމިލާ ކެބެލޯ

އެމެރިކާގެ ލަވަކިޔުންތެރިޔާ ކެމިލާ ކެބެލޯ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ކެމިލާ ކެބެލޯ.

ކެމިލާ ހުރީ ގަނޑުފެނުން ތައްޔާރުކޮށްފައިވާ އަތްދަބަހެއް ހިފައިގެންނެވެ. އޭނާ ވޯކްވޭގެ ސިޑިން ތިރިއަށް ފޭބިއިރު، އެ ދަބަހުގައި ހިފެހެއްޓުމުގެ ސަބަބުން އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ފިނިވެ، އައްސިވެފަ އެވެ.

ލުޑޮވިކް ދި ސެއިންޓް ސާނިންގެ ގައުންއެއްގައި އޭނާ ހުރި އިރު، އެ ހެދުން ޑިޒައިންކުރުމަށް 250،000 އަށް ވުރެ ގިނަ ކްރިސްޓަލް ބޭނުންކޮށްފައިވެ އެވެ. އަދި އެ ހެދުން ޑިޒައިންކުރަން 450 ގަޑިއިރު ހޭދަވި ކަމަށްވެ އެވެ.

ނިކީ މިނާޖް

ޓްރިނިޑާޑްގެ ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް.

ޓްރިނިޑާޑްގެ ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް.

ނިކީގެ ރީނދޫ ކުލައިގެ ކުރު ހެދުން ހުރީ ތުރީޑީ މެޓަލުން ހަދައި، އެކި ކުލައިގެ މަލުން ޖަރީކޮށްފަ އެވެ. މިއީ މި އިވެންޓުގައި އެންމެ ކުލަގަދަ ކަމަށް ފާހަގަވި ހެދުމެވެ.

ޑޯޖާ ކެޓް

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޑޯޖާ ކެޓް.

އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޑޯޖާ ކެޓް.

ޑޯޖާ ހުރީ ގައިގައި ހުދު ކުލައިގެ ތުވާޔެއް އޮޅާލައިގެންނެވެ. އަދި އިތުރު ތުވާޔެއް އޭނާގެ ބޮލުގައި ވެސް އޮޅައިފައި އޮތެވެ. އަދި އޭގެ ފަހުން އޭނާ ފެނުނީ ތެމިފައި ހުރި އޯވާ ސައިޒް ޓީޝާޓެއް ލައިފައި ހުއްޓަ އެވެ. އޭނާގެ ބްރޯންޒް ކުލައިގެ ކަޅި އާއި ސިލްވާ މަސްކަރާއިން އޭނާގެ މި ލޫކް އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އިނގިރޭސިވިލާތުގެ މޭކަޕް އާޓިސްޓް ޕެޓް އެމްސީގްރެތު އެވެ.

އަރިއާނާ ގްރާންޑޭ

އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އަދި އެރިވޯ.

އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ އަދި އެރިވޯ.

މިފަހަރުގެ މެޓް ގާލާގައޮ އަރިއާނާ ކައިރީގައި ހުރީ އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ އޭނާގެ އާ ފިލްމުގެ ކޯ-ސްޓާރު ކަމަށްވާ އިނގިރޭސި އެކްޓަރު ސިންތީއާ އެރިވޯ އެވެ. އަރިއާނާ ހުރީ ވައިޓް ލިއޯވީ ގައުންއެއްގަ އެވެ. އަދި އެރިވޯ ހުރީ ތޯމް ބްރައުންގެ ހެދުމެއްގަ އެވެ. އެ ހެދުމުން ފިޔާތޮށި ކުލައިގެ ފިޔަތަކެއް ފެންނަން ހުރި އިރު، ދޫނިސޫފާސޫފީގެ ޑިޒައިންތައް ވެސް ފެންނަން ހުއްޓެވެ.