Roadha Mihaaru
ދޭވްއާ އެކު މަސައްކަތްކުރަން ޖެނިފާ ވަރަށް ބޭނުންވޭ

ދޭވްއާ އެކު މަސައްކަތްކުރަން ޖެނިފާ ވަރަށް ބޭނުންވޭ

20 މެއި 2024

ހޮލީވުޑްގައި މަސައްކަތް ކުރާ އިންޑިއާގެ އެކްޓަރު ދޭވް ޕަޓޭލްއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށް އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް ބުނެފި އެވެ.

ހޮލީވުޑްގައި މަސައްކަތް ކުރާ އިންޑިއާގެ އެކްޓަރު ދޭވް ޕަޓޭލްއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށް އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް ބުނެފި އެވެ.

ޖެނިފާ އެހެން ބުނީ އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ނިއުސް 18" އަށް ދިން އިންޓަވިއުއެއްގަ އެވެ.

އެ އިންޓަވިއުގައި ޖެނިފާ ބުނީ "ސްލަމްޑޯގް މިލިއަނާ" އިން މަޝްހޫރުވި ދޭވްއާ އެކު މަސައްކަތްކުރަން ވަރަށް ބޭނުންވާ ކަމަށެވެ. އަދި ދޭވް އަކީ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އޭނާގެ ފޭވަރިޓް ކަމަށް ވެސް ޖެނިފާ ބުންޏެވެ.

"އަހަރެން ވަރަށް ލޯބިވޭ ދޭވް ޕަޓޭލް ދެކެ، އޭނާގެ މަސައްކަތް ދެކެ. އޭނާގެ މަސައްކަތެއް ފެންނަ ކޮންމެ ފަހަރަކު އަހަރެން ހައިރާންވޭ. އޭނާގެ ވަރަށް ޖަޒުބާތީ ގޮތެއް ހުރޭ، ވަރަށް ރިއަލް އަދި ތެދުވެރި މީހެއް ކަމަށް ފެނޭ. އޭނާގެ ބެލުމުގައި ވެސް ހުރޭ ވަރަށް އަސަރުގަދަ ގޮތެއް،" ޖެނިފާ ބުންޏެވެ.

ޖެނިފާ ދެން އެންމެ އަވަހަށް ފެންނާނީ ސައިފައި ތުރިލާ ފިލްމް "އެޓްލަސް" އިންނެވެ. އަންނަ ހުކުރު ދުވަހު ސްޓްރީމްކުރަން ފަށާ އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅެނީ ސިމޫ ލިއު އާއި ސްޓަލިން ކޭ ބްރައުން އެވެ.

ދޭވް ޕަޓޭލްގެ ފިލްމަކަށް އެންމެފަހުން ނުކުތީ މިދިޔަ މަހު ގެނެސްދިން "މަންކީ މޭން" އެވެ. އެ ފިލްމަށް އާންމުންގެ ތައުރީފު އޮއްސާލި އެވެ.