04 މެއި 2022
ފެޝަން ދުނިޔޭގެ އޮސްކާގެ ގޮތުގައި މަޝްހޫރު މެޓް ގާލާގައި މި އަހަރުގެ "ގިލްޑެޑް އޭޖް" ތީމުގެ ދަށުން މަޝްހޫރު ސެލެބްރިޓީންގެ އެންމެ ބޮޑެތި ހެދުންތައް ދައްކާލައިފި އެވެ.
ފެޝަން ދުނިޔޭގެ އޮސްކާގެ ގޮތުގައި މަޝްހޫރު މެޓް ގާލާގައި މި އަހަރުގެ "ގިލްޑެޑް އޭޖް" ތީމުގެ ދަށުން މަޝްހޫރު ސެލެބްރިޓީންގެ އެންމެ ބޮޑެތި ހެދުންތައް ދައްކާލައިފި އެވެ.
ވޯގުން ރާވައިގެން ކުރިއަށް ގެންދާ މެޓް ގާލާގެ މިފަހަރުގެ ތީމަކީ އާޓިސްޓުންނަށް އެކި ގޮތްގޮތަށް ފުޅާކޮށްލެވެން އޮތް ތީމެއް ކަމަށް ވޯގުން ކުރިން ބުންޏެވެ.
ވޯގުން ބުނި ގޮތުގައި ގިލްޑެޑް އޭޖަކީ ރީޖެންސީ އެރާގައި އެމެރިކާ އަށް އައި ބަދަލުތައް ސިފަކޮށްދޭ ފެޝަނެވެ. މިއީ 19 ވަނަ ގަރުނު ނިމުމަށް ފަހު އެމެރިކާ އަށް އައި އިންޑަސްޓްރިއަލް ބަދަލުތައް ސިފަކޮށްދޭ ފެޝަން ކަމަށް ވޯގުން ބުނެ އެވެ.
ބްލޭކް ލައިވްލީ މި އަހަރުގެ މެޓް ގާލާ އިވެންޓްގައި.
އެ ތީމުގައި އެކި ސެލެބްރިޓީން ފެނުނީ ތަފާތު ގޮތްގޮތަށެވެ. ނަމަވެސް އެ ތީމާ އެކު އެންމެ ގިނަ ބައެއްގެ ސަމާލު ކަމަށް ލިބުނީ އެމެރިކާގެ އެކްޓަރު ބްލޭކް ލައިވްލީ އެވެ.
ބްލޭކްގެ ހެދުން ފުރަތަމަ ފެނުމާ އެކު ވެސް އެތައް ބަޔަކު ހައިރާން ކޮށްލި އެވެ. ބޮޑު ޓައިއެއް ލައިފާވާ އެ ހެދުން ޖާރީކޮށްފައި ވަނީ އެކި ކުލަކުލައިންނެވެ. ނަމަވެސް ރެޑް ކާޕެޓްގެ ވަކި ހިސާބަކަށް ދިޔުމާ އެކު، މުޅި ހެދުން އަނެއްކާ ބަދަލުވަނީ ޓައި ރޫޅާލައި ކުލަތައް ބަދަލުކޮށްލުމުންނެވެ. އެ ހެދުމުން ދެން ފެންނަނީ ތަފާތު ނޫ ކުލައަކުންނެވެ.
އެ ނޫކުލައަކީ އެމެރިކާގެ ނިއުޔޯކުގެ އެންމެ ފާހަގަކޮށްލެވޭ ސްޓެޗޫ އޮފް ލިބާޓީ ހަދާފައިވާ ގަލުގައި ހިމެނޭ ނޫ ކުލަ އެވެ. އެއީ އެ ސްޓެޗޫ ހެދުމަށް ބޭނުންކޮށްފައިވާ ގާތަށް އޮކްސިޑައިޒް ވެގެން އަންނަ ބަދަލަކުން އުފެދޭ ކުލައެކެވެ.
މެޓް ގާލާގައި ބްލޭކް ލައިވްލީ އާއި އޭނާގެ ފިރިމީހާ ރަޔަން ރެނޯލްޑްސް.
އޭގެ އިތުރުން ވެސް އެކި ކުލަތައް އެ ހެދުމުގައި ހިމެނޭ އިރު ނިއުޔޯކްގެ ތަރައްގީ އަށް އައި ބަދަލުތައް އެ ހެދުމުން ރަމްޒުކޮށްދެ އެވެ.
ބްލޭކްގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު ރާޔަން ރެނޯލްޑްސް ވެސް ހުރީ އެ ހެދުން ފެނުމުން ހައިރާންވެފަ އެވެ.
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ހޫގޯ ބޮސްގެ ގްލޯބަލް އެމްބެސެޑަރަކަށް ހެމްސްވޯތު
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ