Roadha Mihaaru

ކާންސް ފެސްޓިވަލްގެ ހިތްގައިމު ހެދުންތައް

24 މެއި 2016

މި މަހުގެ 11 އިން 22 އަށް ބޭއްވި "ފެސްޓިވާލް ދު ކާން" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމީ ދާއިރާގެ ފުންނާބުއުސް ތަރިން އެމީހުންގެ ފިލްމު މުޅި ދުނިޔެއަށް ޕްރެމިއާ ކުރާ ފެސްޓިވަލެކެވެ. ނަމަވެސް 1946 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ "ފެސްޓިވާލް ދު ކާން" އާއްމުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ އެ ފެސްޓިވަލްގެ ރަތް ދޫލަ މަތިން ފެންނަ ސްޓާރުންގެ ޑިޒައިނާ ހެދުންތަކަކެށެވެ. ބްލޭކް ލައިވްލީގެ ޑިޒްނީ ގައުން، ޖުލިޔާ ރޮބާޓްސް ހުސް ފަޔާ ރަތް ދޫލަ މަތީ ހިނގުން ފަދަ ހައިރާންކޮށްލި ކަންތައްތައް މިއަހަރުގެ 69 ވަނަ ފެސްޓިވަލުން ފެނިގެން ދިޔަ އެވެ. މީގެ އިތުރުން މިފަހަރުގެ ކާން ފެސްޓިވަލްގެ އެންމެ ހިތްގައިމު ހެދުންތަކާއި ފާހަގަވި ޓްރެންޑްތައް ހިއްސާކޮށްލާނަމެވެ.

ލިލީ ރޯޒް

ލިލީ ރޯޒް

ކާން ފެސްޓިވަލް ކަހަލަ ހާއްސަ ރެޑް ކާޕެޓް ހަފުލާއަކަށް އާއްމުކޮށް ލަނީ ކަޅު، ރަތް، ހުދު އަދި ރަން ރިހި ފަދަ ކުލަތަކުގެ ގައުނެވެ. މިއަހަރުވެސް ގިނައިން ފެނިގެން ދިއައީ މިކުލަތަކުގެ އެކި ޑިޒައިންތަކެވެ. އޭގެ ތެރެއިން އެންމެ ނަލަކޮށް ހެދުން ލައިގެން ތިބި ތަރިންތައް ފާހަގަކޮށްލާނަމެވެ. ކޭޓީ ޕެރީ ލައިގެން ހުރި "މާޗެސާ"ގެ ރަތް ގައުން ވަރަށް ޗާލެވެ. ވިކްޓޯރިއާޒް ސީކްރެޓް މޮޑެލް ލިލީ ޑޮނަލްޑްސަންގެ ވިދާ ރަތް ގައުންއަށް އެތައް ބައެއްގެ ތައުރީފު ލިބުނެވެ. ސުޕަ މޮޑެލް ކޭޓް މޮސް އަދި ރޯޒީ ހަންޓިންޓަން ވައިޓްލީގެ ރަތް ހެދުން ވަރަށް ތަފާތުވެފައި ޒަމާނީ އެވެ. ސުޕަ މޮޑެލް ކާލީ ކްލޮސް ޑިޒައިނާ ބްރޭންޑް މާޗެސާގެ ކަޅު ގައުންް ލުމުން ވަރަށް ހިތްގައިމެވެ. ޑޫޓްޒަން ކްރޯޒްގެ "ހޯލްޓާ ނެކް" ލައިގެން ހުރި ކަޅު ގައުން އަދި ޓްވައިލައިޓްގެ ތަރި ކްރިސްޓިން ސްޓުވާޓްގެ ހެދުމަކީ ވަރަށް ޒަމާނީ ސްޓައިލެކެވެ. އަދި ފަހަކަށްއައިސް މަގުބޫލު މޮޑެލް އަދި "ސޯޝަލް މީޑިއާ ކުވީން" ކެންޑަލް ޖެނާގެ ރޮބާޓޯ ކަވާލީ ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ރަން ރިހި ނުވަތަ "މެޓޭލިކް" ކުލަައިގެ ހެދުން ޑިޒައިންތަކުގެ ތެރެއިން ޖުލިއޭން މޫގެ ރަން އެލެކްޒޭންޑާ މެކްކުވީން ހެދުން، މަރިއޮންގެ "ސިމްޕަލް" ޑިއޯ ހެދުން އަދި ބްލޭކް ލައިވްލީގެ ރަތުލޯ ވަސާޗޭ ހެދުން ވަރަށް ޗާލެވެ.

ބްލޭކް ލައިވްލީ

ބްލޭކް ލައިވްލީ

ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރަކީ ކާންގެ ރެޑް ކާޕެޓަށް އާ ތަރިއެއް ނޫނެވެ. އޭނާ މިއަހަރު ލައިގެން ހުރީ ރެލްފް އެންޑް ރުއްސޯގެ ހުދު ގައުނެކެވެ. ކާސްޓަން ޑަންސްޓް އަދި އެލް ފެނިންގެ ހުދު ހެދުންތަކަކީ ލަތީފީ އަދި ޒަމާނީ ސްޓައިލެއްގެ ޑިޒައިންތަކެކެވެ.

ރެޑް ކާޕެޓްގައި ފަންނާނުން

ރެޑް ކާޕެޓްގައި ފަންނާނުން

ގައުން ލުމުގެ ބަދަލުގައި ބައެއް އެކްޓްރަސުން ލައިގެން ދިޔައީ ޖެކެޓާއި ފަޓުލޫނެވެ. އޭގެ ތެރެއިން ޝާލީޒް ތެރޮން، ސޫޒަން ސެރެންޑޮން އަދި ވިކްޓޯރިއާ ބެކަމް ހިމެނެ އެވެ. މަޝްހޫރު ބްރޭންޑް ޝެނާލްގެ އެމްބެސަޑާ އަދި ޖޮނީ ޑެޕްގެ ދަރިފުޅު ލައިގެން ހުރި ޝެނާލް ސޯޓާއި "ހުޑަޑް" ޓޮޕަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

މިކަހަލަ ހަފުލާތަކަށް ތަފާތު އެކި ކުލައިގެ ގައުން އާއްމުކޮށް ސެލެބްރިޓީއިން ނުލަ އެވެ. ނަމަވެސް މިފަހަރު ފާހަގަކޮށްލެވޭ ޑިޒައިންތައް ފެނުނެވެ. ބްލޭކް ލައިވްލީގެ ނޫ ކުލައިގެ ސިންޑަރެއްލާ ގައުން އަކީ މަޝްހޫރު ޑިޒައިނާ ވިވިއަން ވެސްޓްވުޑްގެ އުފެއްދުމެކެވެ. އުމާގެ ގަދަ ފިޔާތޮށި ޝިޔަޕަރެއްލީ ގައުން ވެސް އެހާމެ ރީއްޗެވެ. ރީނދޫ ކުލައިގެ ގައުން ލައިގެން ތިބި އެކްޓްރަސުން ވަރަށް ގިނަ އެވެ. ޖެސިކާ ޗެސްޓެއިން އަދި އެނާ ކެންޑްރިކްގެ "ސިމްޕަލް" ގައުންތައް އެހާމެ ފުރިހަމަ އެވެ.