ގއ. ދެއްވަދޫން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
13 ޖެނުއަރީ 2021
ގއ. ދެއްވަދޫން އިތުރު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ ރޭގެ 12 އާ ހަމައަށް 17 މީހަކު ޕޮޒިޓިވްވިކަން އަންގާފައިވާ ކަމަށެވެ. އެއާއެކު އެ ރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދު 33 އަށް އެރީ އެވެ.
އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓަކަށް ވެގެންނާއި ރެންޑަމްކޮށް ސާމްޕަލް ނެގި ބައެއްގެ އެވެ. އެ ތަނުން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ކައުންސިލުން ބުނެ އެވެ. އެހެންވެ އެ މީހުން ބައިތިއްބާފައިވަނީ އެ މީހުންގެ ގޭގަ އެވެ.
ދެއްވަދޫން 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ކައުންސިލް މެމްބަރު ވިދާޅުވިގޮތުގައި ޕޮޒިޓިވްވި މީހުންގެ އެވްރެޖް އުމުރު އުޅެނީ 18-50 ގަ އެވެ. އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި އުމުރުން އެންމެ ދުވަސްވީ މީހަކީ 70 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަނީ އެ އަތޮޅު ވިލިނގިލީގައި ހަދާފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ.
"އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫން އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.
ދެއްވަދޫން 200 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު މިހާރު ވެސް ސާމްޕަލް ނަގަމުން އެބަ ދެ އެވެ. ޓެސްޓުކުރުމަށް ސާމްޕަލް ފޮނުވަނީ މާލެއަށެވެ.
ރަށުގެ 56 ގެ މި ވަގުތު އޮތީ ކަރަންޓީނުގެ ހާލަތުގަ އެވެ. ބާކީ ހުރީ 150 ވަރަކަށް ގެ އެވެ.
ދެއްވަދޫ ކްލަސްޓާގައި ހައިރިސްކުމީހުން ވަރަށް ގިނަ
ކޮވިޑް ފެތުރި، ދެއްވަދޫގެ ހާލަތު ގޯސްވަނީ!
ދެއްވަދޫން ފުރި މީހުން ކަރަންޓީނު ވާން އަންގައިފި
ބޭރަށް ހިންގުމާއި ހޮޑުލުން ގިނައީ މާލޭ ސަރަހައްދުގައި
މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމުން ފިޔަވަޅުއަޅަނީ
"ބައްޔެއްހުރި ބިދޭސީއަކު ފިލައިގެން ރިޕޯޓެއް ނުކުރޭ"
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
ރޯގާތައް އިތުރު، އެންމެ ގިނައީ ކޮވިޑާއި އިންފުލުއެންޒާ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ