29 ޑިސެމްބަރ 2020
ވޮޝިންޓަން (ޑިސެންބަރު 29) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާގެ ސަލާމަތީ އެޖެންސީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ޑިސެންބަރު 29) - ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާގެ ސަލާމަތީ އެޖެންސީތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ބައިޑަން ވިދާޅުވީ ޖެނުއަރީ 20 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވާ އިރު ޑިފެންސް ޑިޕާޓްމަންޓުން ވެސް އެކަށީގެންވާ މައުލޫމާތު ލިބެމުން ނުދާ ކަމަށެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުން ކާމިޔާބު ހޯއްދެވި ނަމަވެސް އިންޓަލިޖެންސް އެޖެންސީތަކުން ދިޔައީ ބައިޑަންއާ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދަމުންނެވެ.
ބައިޑަން އަށް ރައްދު ދެއްވައި އެކްޓިން ޑިފެންސް ސެކްރެޓަރީ ކްރިސްޓޮފާ މިލާ ވިދާޅުވީ ސަލާމަތީ އެޖެންސީތަކުން މަސައްކަތް ކުރަމުން ދިޔައީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.
"ޑިފެންސް ޑިޕާޓްމަންޓުން ވަނީ 400 އަށް ވުރެ ގިނަ މީހުންނާ 164 އިންޓަވިއުކޮށް، 5،000 ސަފުހާ އަށް ވުރެ ގިނަ މައުލޫމާތު ފޯރުކޮށްދީފައި. އެއީ ބައިޑަންގެ ޓީމުން އެދުނު މިންވަރަށް ވުރެ ވެސް ގިނައިން،" މިލާ ވިދާޅުވި އެވެ.
ޕެންޓަންގެ ތަރުޖަމާނަކު ވިދާޅުވީ ބައިޑަންގެ ޓީމާ އެކު މަސައްކަތް ކުރަމުން ދިޔައީ ދެފުށްފެންނަ ގޮތަށް ކަމަށެވެ.
ބައިޑަން ވިދާޅުވީ ޑިފެންސް ޑިޕާޓްމަންޓާއި ބަޖެޓް މެނޭޖްމަންޓް އޮފީހުން އެމަނިކުފާނުގެ ޓީމަށް "ހުރަސްތަކާ" ދިމާވި ކަމަށެވެ.
އިންތިޚާބަށް ފަހު ޓްރަމްޕް ވަނީ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާ މަގާމުން ވަކިކޮށްފަ އެވެ.
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސް ނުކުރެވުނަސް ތެދުބަސް ބުނަން އެނގޭ: ބައިޑެން
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓްރަމްޕު އަދިވެސް ވެރިކަމުގެ ހުވަފެނުގައި
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ
ކަމަލާގެ ޓިކްޓޮކް ވީޑިއޯއެއްގައި ޓްރަމްޕަށް ޖޯކެއް