Roadha Mihaaru
ކަމަލާގެ ޓިކްޓޮކް ވީޑިއޯއެއްގައި ޓްރަމްޕަށް ޖޯކެއް

ކަމަލާގެ ޓިކްޓޮކް ވީޑިއޯއެއްގައި ޓްރަމްޕަށް ޖޯކެއް

17 ޖެނުއަރީ 2021

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ފަހަރަށް އިމްޕީޗްކޮށްފައި ވާއިރު، އަލަށް އިންތިޚާބު ވެފައިިވާ ނައިބު ރައީސް ކަމަލާ ހެރިސް ޓިކްޓޮކް ވީޑިއޯއެއްގައި ޓްރަމްޕަށް ޖޯކު ޖައްސަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ފަހަރަށް އިމްޕީޗްކޮށްފައި ވާއިރު، އަލަށް އިންތިޚާބު ވެފައިިވާ ނައިބު ރައީސް ކަމަލާ ހެރިސް ޓިކްޓޮކް ވީޑިއޯއެއްގައި ޓްރަމްޕަށް ޖޯކު ޖައްސަވައިފި އެވެ.

ކަމަލާ އަށް އަށް ބޮޑުދައިތަ ކިޔާ މީނާ ހެރިސް ޓިކްޓޮކްގައި އާންމުކޮށް ފަހުން ޓްވިޓާގައި "ހެޕީ އިންޕީޗް ޑޭ" ޖަހާފައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ބިއްލޫރި ފުޅިއަކަށް އަޅާފައިވާ ހިކި ޕީޗްތަކެއް ކަމަލާ އަށް ދިއްކޮށްލުމާ އެކު ދެ ބޭފުޅުން "އިން ޕީޗް" އޭ ވިދާޅުވެ ހިނިފުޅުވަޑުވާ ތަނެވެ. އެ ވީޑިއޯގައި ކަމަލާ ފެންނަނީ މަޑުމުށި ކުލައިގެ ސޫޓެއްގައި ގޮނޑިއެއްގައި އިށީނދެވަޑައިގެން، ވަރަށް އުފާވެރި މަޖާ މޫޑެއްގައި އިންނަވަނިކޮށެވެ.

ވީޑިއޯ އިން ދެން އެންމެ ގިނަ ބަޔަކަށް ފާހަގަކުރެވުނީ ކަމަލާގެ ހުދާއި ނުލުގެ އިސްޓާކީނުގައި އިން އިބާރާތްކޮޅެވެ. އޭގައި އިނީ "ދަ ފިއުޗާ އިޒް ފީމޭލް" އެވެ. ކަމާލާ އަކީ އެމެރިކާގެ ތާރީހުގައި ފުރަތަމަ އަންހެން ނައިބު ރައީސް އެވެ.

ކަމަލާ އާއި އިންތިހާބީ ރައީސް ޖޯ ބައިޑެން މި ހަފުތާގެ ތެރޭގައި މަގާމުގެ ހުވާކުރައްވާނެ އެވެ.

އެމެރިކާގެ ތާރީހުގައި ދެ ފަހަރަށް އިމްޕީޗްކުރެވުނު ފުރަތަމަ ރައީސް ކަމަށްވާ ޓްރަމްޕް ގެންދަވަނީ އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ގޮތް ދޫނުކުރައްވައި އިންތިހާބީ ވެރިންނަށް ތުރާތައް ކުރިމަތިކުރައްވަމުންނެވެ.