Roadha Mihaaru
ސިޒޭރިއަން ގިނަވާތީ ފޫޅުމައިކަން ކިޔަވައިދެނީ

ސިޒޭރިއަން ގިނަވާތީ ނާސިން ކޯހުގައި ފޫޅުމައިކަން ކިޔަވައިދޭން މަޝްވަރާކޮށްފި

21 ޑިސެމްބަރ 2020

ވިހެއުމުގެ ބަދަލުގައި ސިޒޭރިއަން ހެދުން ރާއްޖޭގައި ގިނަކަން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ފާހަގަކުރައްވައި، ނާސިން ކޯހުގައި މިޑްވައިފެރީ ނުވަތަ ފޫޅުމައިކަން ދަސްކުރުން ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

ނަރުހުން ތަމްރީންކުރިއިރު ރާއްޖޭގައި ކުރިން މިޑްވައިފެރީ ބައިތައް ކިޔަވައިދިނެވެ.

ރައީސް އޮފީހުން ބުނީ މި މަޝްވަރާ ކުރިއަށް ގެންދިޔައީ، ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން ނައިބު ރައީސް ރައީސް ފައިސަލް ނަސީމް، ކަމާބެހޭ ފަރާތްތަކާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. ރާއްޖޭގައި ނަރުހުން ތަމްރީންކުރަން ދިމާވާ ދަތިތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދައްކާފައިވެ އެވެ.

ރާއްޖޭގައި ނާސިން ކޯސް ނިންމުމަށް ފަހު ވަޒީފާ އަށް ނުކުންނަ ނަރުހުންގެ އަދަދު މަދެވެ. މައިގަނޑު ސަބަބަކީ ބިދޭސީންނާއި ދިވެހިންނާ މެދު އެލަވަންސްތަކުގެ ބޮޑު ފަރަގެއް ހުރުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި ނަރުހުން ވަނީ ފާހަގަކޮށްފަ އެވެ.

ނަރުހުންގެ ވާހަކަތައް ނައިބު ރައީސް އަޑުއްސަވައި، ސިއްހީ ދާއިރާ ހަރުދަނާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކޮވިޑް-19ގެ ހާލަތުން އެކަނި ވެސް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިއްމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.