Roadha Mihaaru
ހަރުކަށި މީހުންނަށް ފިޔަވަޅު ނޭޅެނީ ދަތިތަކެއް ހުރުމުން

ހަރުކަށި މީހުންނަށް ފިޔަވަޅު ނޭޅެނީ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތަކުން: ނައިބު ރައީސް

20 ސެޕްޓެމްބަރ 2019

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުންނަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު މައްސަލަ އަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމް ދީނަށް ފުރައްސާރަކޮށް، ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުންނަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު މައްސަލަ އަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމާއި ދީނުގެ ނަމުގައި ހައްދު ފަހަނައެޅުން ހުއްޓުވުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ކަމާ ގުޅޭ ވެރިންނާ އެކު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅު ކުރުމާއި ތަހައްމަލު ކުރަން ދަންނަ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުޖްތަމައު ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދު ފަހަނައެޅުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ހައްލެއް ހޯއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ނައިބު ރައީސް ކަމާ ގުޅޭ އިދާރާތަކުގެ އިސް ބޭފުޅުންނާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކައުންޓަ ޓެރަރިޒަމް އަދި ތަހައްމަލުކުރާ މުޖުތަމައެއް ގާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނޭ އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި އިދާރާތަކުގެ ވެރިން ކޮމެޓީގައި ކުރައްވާ މަސައްކަތްތަކުގެ އިތުރުން އެ އިދާރާތަކާއި ވުޒާރާތަކުން މިހާރު މިކަމާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އަދި ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.