Roadha Mihaaru
ނައިބު ރައީސް އިންޑިއާ އަށް ވަޑައިގެންފި

ނައިބު ރައީސް އިންޑިއާ އަށް ވަޑައިގެންފި

04 ޑިސެމްބަރ 2019

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިންޑިޔާއަށް ވަޑައިގެންފިއެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިންޑިޔާއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ތިން ދުވަހުގެ މި ދަތުރުފުޅުގައި ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ނައިބު ރައީސް ވަޑައިގަންނަވާނެ އެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ނައިބު ރައީސް ބައްދަލު ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ފުރަތަމަ ވަޑައިގެންނެވީ އިންޑިއާއަށެވެ. މިސަރުކާރާ އެކު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

އިންޑިއާ އިން މިއަދު ވަނީ ހަތަރު ދާއިރާއަކުން ރާއްޖެއަަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ކޯސްޓްގާޑް އުޅަނދަކާއި ތިން މަސް ފެކްޓްރީގެ އިތުރުން މާލޭގެ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުން ހިމެނެ އެވެ.