08 ޖޫން 2018
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަނބުރާ ފޮނުވާލުމުން ސޯޝަލް މީޑިއާގައި އެކަން "ކެކި އަރައިގަތެވެ". އެއް ބަޔަކަށް އެކަން ސިފަވީ ސަރުކާރުން ރައްޔިތުންނަށް "އަނިޔާވެރިވާތީ" އިންޑިއާ އިން އެޅި "ވަރުގަދަ" ފިޔަވަޅެއްގެ ގޮތުގަ އެވެ. މި ފިޔަވަޅު ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ވެރިންނާ ދޭތެރޭގައި އަޅާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަނބުރާ ފޮނުވާލުމުން ސޯޝަލް މީޑިއާގައި އެކަން "ކެކި އަރައިގަތެވެ". އެއް ބަޔަކަށް އެކަން ސިފަވީ ސަރުކާރުން ރައްޔިތުންނަށް "އަނިޔާވެރިވާތީ" އިންޑިއާ އިން އެޅި "ވަރުގަދަ" ފިޔަވަޅެއްގެ ގޮތުގަ އެވެ. މި ފިޔަވަޅު ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ވެރިންނާ ދޭތެރޭގައި އަޅާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.
އެކަމަކު، ސަރުކާރަށް ތާއީދު ކުރާ މީހުން ތަކުރާރުކޮށް ބުނަމުން ދަނީ ނިހާން، އިންޑިއާ އަށް ނާރުވާންވީ ސަބަބެއް ނެތް ކަމަށާއި އިންޑިއާ އިން "ޒާތީ ގޮތްގަނޑެއް" ގެންގުޅެމުންދާ ކަމަށެވެ. މިހާ ބޮޑު ކަމެއް ހިނގިއިރު، ކަން ހިނގި ގޮތް ސާފުނުކޮށްދީ އިންޑިއާ އޮތީ ހިމޭނުންނެވެ.
މިއީ، ރާއްޖެ އާއި އިންޑިއާގެ ގޯސްވެފައިވާ މި ދަނޑިވަޅުގައި އަދި ދެ ގައުމުގެ ޒަމާންވީ ތާރީޚުގައި ދިވެހި ދައުލަތުގެ އިސް ބޭފުޅަކު އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރައި ފޮނުވާލި ފުރަތަމަ ފަހަރެވެ.
ބޭސްފަރުވާ އަށް ޗެންނާއީ އަށް ވަޑައިގަތުމުން، އެތަނުގެ އެއާޕޯޓުގައި ހަތަރު ގަޑިއިރު ހިފެހެއްޓުމަށް ފަހު، އަނބުރާ ފޮނުވާލި މައްސަލައިގައި ނިހާން ވަނީ މީގެ ކުރިން އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ނިހާން ވިދާޅުވި ގޮތުގައި އެއީ އޭނާ ކޮންމެހެން ދާން ޖެހޭ ގައުމެއް ނޫނެވެ. އިންޑިއާ އަކީ "މައްކާ އަދި މަދީނާ" އެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އިންޑިއާ އަށް "ނޭރުވިޔަސް، އެރުވިޔަސް،" ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުކޮށް ދޭން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާއާ ދޭތެރޭގައި އިންޑިއާގެ އިމިގްރޭޝަނުން އަމަލުކުރި ގޮތުން ނިހާންގެ "ރުޅިގަނޑު ފަޅައިގެން ދިޔަ" އެވެ. ޗެންނާއީ އަށް އެތެރެވުމުގެ ހުއްދަ ނުދިން ސަބަބު ސާފުކޮށް ނުދީ، އޭނާ ސިފަކުރެއްވި ގޮތުގައި، "ބުލީ ކުރީ" އެވެ. އޭނާ އަށް ދިމާވި ކަމެއް އެއްވެސް ދިވެއްސަކަށް ދިމާވާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
ނިހާން، އިންޑިއާ އަށް އެތެރެނުވެވުނު މައްސަލަ އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވާ ދަނޑިވަޅުގައި ނިހާން މިރޭ ކުރެއްވި ޓުވީޓާއެކު، އޭނާގެ "ރާގު" މުޅިން ބަދަލުވެއްޖެ އެވެ. ނިހާންގެ ޓުވީޓުން ސާފުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ ވަކިނުވެވޭ ވަރުގެ ގުޅުމެއް ކަމެވެ. ދެ ގައުމު ދެމެދު އޮތް ގުޅުން އަބަދަށް ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
?? ??? is forever ?? “yeh dosti hum nahi todenge”
— Ahmed Nihan (@ahmed_nihan) June 8, 2018
ނިހާނު ކުރެއްވި ޓުވީޓު.
އިންޑިއާ އާއި ރާއްޖެ ސަލާމް ކުރާ އިމޯޖީއަކާއެކު، ނިހާން ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާގެ މަޝްހޫރު ލަވައެއްގެ ތަންކޮޅެއްގައި ހިމަނުއްވައިފަ އެވެ. "ޔޭ ދޯސްތީ ހަމް ނެހީ ތޯޅެނގޭ" މިހެން ނިހާން ވިދާޅުވުމާއެކު، ގިނަ ބައެއްގެ ހިތުގައި ނިހާންގެ ރުޅި މައިތިރިވީތޯ ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. ހިންދީ ބަހުން ނިހާން ވިދާޅުވީ ދެ ގައުމުގެ އެކުވެރިކަން ދުވަހަކު ވެސް ދުލެއް ނުކުރާނެ ކަމަށެވެ.
ނިހާންގެ މި ޓުވީޓާ ގުޅިގެން، ބައެއް މީހުން ޓުވީޓާގައި ނިހާން އަރިހު އެއްސެވީ އިންޑިއާ މިހާރު މުހިންމުވީތޯ އެވެ. "ދެފުށަށް ނުކެނޑި" ކިޔާ ކޮންމެވެސް އެކައްޗެއް ކިއުމަށް އޭނާ އެދުނެވެ. އިންޑިއާ ބީވުމުން، އެ ގައުމުގެ "ފައިބުޑަށް ވެއްޓުނީތޯ" ބައެއް މީހުން ސުވާލު ކުރި އެވެ.
ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދީ ފޮނުވާލި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އެ މައްސަލާގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ
ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރު، ރަނގަޅު ކުރަންޖެހޭ
ރާއްޖެއަށް ސިފައިން ފޮނުވުމުގެ ފުރުސަތު އެބައޮތް:ބީޖޭޕީ
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ނުދައްކާ ވާހަކަ!
އިންޑިއާ ފަސްޓުން އިންޑިއާ އައުޓަށް: މިވީ ކިހިނެއް؟
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން