07 ޖޫން 2018
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދުންޔާ، ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، އެ ގައުމަށް އެތެރެވިޔަ ނުދީ ފޮނުވާލި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މިއީ ދިވެހި ދައުލަތުގެ އިސްވެރިއަކު އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި އެ މައްސަލާގައި، ރާއްޖޭގައި ހުންނަވާ ދިވެހި ސަފީރު އަކިލޭޝް މިޝްރާ ވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފަ އެވެ.
ދުންޔާ "މިހާރު" އަށް މިއަދު ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތަކަށް އިންޑިއާ އަށް އެތެރެ ނުވެވި ރާއްޖެ އަންނަން ޖެހުމަކީ ދެކެވަޑައިގަންނަވަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅުކޮށް، އިތުބާރު ބޮޑު ކުރުމަކީ ދެ ގައުމަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Concerned to hear of the denial of entry of PG leader MP @ahmed_nihan to #India. I hope to see the rebuilding of the unique relationship between India & Maldives! @MDVinIND @SushmaSwaraj @AkhileshIFS pic.twitter.com/s64vI2TaG3
— Dunya Maumoon (@dunyamaumoon) June 6, 2018
ދުންޔާ އިއްޔެ ކުރެއްވި ޓުވީޓު.
"މިހާރު މި ދިމާވެގެން އުޅޭ ކަމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާ ގުޅުން ހުރި ކަމެއް. އިންޑިއާ އިން ފިޔަވަޅުތަކެއް އަޅަން ޖެހޭ ގުޅުން ރަނގަޅު ކުރަން. ރަނގަޅު ރަހްމަތްތެރިން ކަމުގައިވާ ނަމަ، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ އެދިގެން ކަންތައްތައް ކުރަން ޖެހޭނީ،" ދުންޔާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ވިދާޅުވި ގޮތުގައި އޭނާ ފޮރިން މިނިސްޓަރަކަށް ހުންނެވިއިރު، މަސައްކަތް ކުރެއްވީ އެކި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، ރާއްޖެ އަށް ގެއްލުން ނުވާ ގޮތަށް ގުޅުންތައް ކުރިއަށް ގެންދިއުމަށެވެ.
ދުންޔާ ވިދާޅުވީ އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި ވަރަށް ގިނަ ގައުމުތަކާ ރާއްޖެ އިން ގުޅުން ގާއިމްކޮށް، އެހެން ގައުމުތަކުގެ ލޯތްބާއި އިހްތިރާމް ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ. އެކަމަކު، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވާން ފެށީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރު އަތުން އަތުލި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅުކޮށް، އިތުބާރު ބޮޑު ކުރުމަކީ ދެ ގައުމަށް ވެސް މުހިންމު ކަމެއް ކަމަށާއި އިންޑިއާ އަކީ ރާއްޖެއަ ށް މުހިންމު ގައުމެއް ކަމަށް ދުންޔާ ވިދާޅުވި އެވެ.
އިންޑިއާ އަށް ގިނަ ދިވެހިން ދަތުރު ކުރާއިރު، އެ ގައުމުގެ ރައްޔިތުން ވެސް ރާއްޖެ އަށް ޒިޔާރަތް ކުރާކަން ފާހަގަ ކުރައްވައި ދުންޔާ ވިދާޅުވީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދިމާވެފައިވާ މައްސަލަ މަޝްވަރާ ކޮށްގެން ހައްލުކޮށް، ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.
ދުންޔާ ވިދާޅުވީ، ރާއްޖެ އަށް ގެއްލުން ނުވާ ގޮތަށް އިންޑިއާ އިން ކުރިމަގުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދިވެހިންނަށް ހެޔޮ އެދިގެން އިންޑިއާ އިން ވެސް މަސައްކަތް ކުރާނެ ކަމަށް ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައި އޮތް މައްސަލަތަކީ ކޮބައިތޯ ބަލައި، ކަންކަން ހައްލު ކުރަން އުޅުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދުންޔާ ވިދާޅުވި އެވެ.
ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދިން މައްސަލާގައި، ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު މިޝްރާ ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފައިވާއިރު، މިހާތަނަށް ވެސް ޖަވާބުދާރީ ވި ކަމެއް ނޭނގެ އެވެ. ނިހާން އިންޑިއާ އަށް ނޭރުވި ސަބަބު އިންޑިއާ ސަރުކާރުން އަދިވެސް ނާންގާ ކަމަށް ވެ އެވެ.
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟
އެމްޑީޕީގެ އިސްވެރިން ޖައިޝަންކަރު އަރިހަށް!
އިންޑިއާ ފަސްޓުން އިންޑިއާ އައުޓަށް: މިވީ ކިހިނެއް؟
ޗައިނާ-އިންޑިއާގެ ދުޝްމަނަކަށް ރާއްޖެ ވެދާނެ: އާދަމް
މޯދީގެ ދަތުރު ބަލައިގަންނަން: ޕީޕީއެމް
އަސްކަރީ އެހީތެރިކަން ބޭނުމީ އިންޑިއާއިން އެކަނި:މާރިޔާ
އިންޑިއާ ސަފީރު، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި
ވިސާ މައްސަލަ ހައްލުކޮށްދޭން އިންޑިއާ އިން އެދިއްޖެ
އދ.ވޯޓުގައި ރާއްޖެއާ ދެކޮޅަށް އިންޑިޔާ ކެމްޕޭން ކުރި
މިޝްރާ، ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށްފި