26 ޖެނުއަރީ 2019
އިންޑިއާ ފިޔަވައި އިތުރު ގައުމެއްގެ ފަރާތުން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންޑިއާ ފިޔަވައި އިތުރު ގައުމެއްގެ ފަރާތުން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ހޯދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު ފަހުން ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި "ދަ ހިންދޫ އަށް" ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ ރާއްޖެ އަށް ދިމާވާ ކަންކަމުގައި އިންޑިއާ އިން އަބަދުވެސް އެހީތެރިވަނީ ގާތް ރަހްމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.
ޑިފެންސް މިނިސްޓަރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. --
އެގޮތުން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލަ އާއި 2004 ވަނަ އަހަރު ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާ ގުޅިގެންނާއި 2014 ވަނަ އަހަރު މާލެ އަށް ފެނުގެ ދަތިކަން ދިމާވެގެން އިންޑިއާ އިން ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ގާތް އަވައްޓެރި އިންޑިއާ އިން އަބަދުވެސް އެހީތެރިވެދޭ. އެހެންވީމަ، އިތުރު ގައުމެއްގެ އަސްކަރީ އެހީތެރިކަމެއް ބޭނުމެއް ނުވޭ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑު "ބާރުގަދަ" ބައެއްގެ މައްޗަށް ވެރިވެގެންފައި އޮތުމަށް ރާއްޖެ އިން ބޭނުމެއް ނުވެ އެވެ. އިންޑިއާ ކަނޑުގެ ސަރަހައްދަކީ ރައްކާތެރި، ހިމާޔަތް ކުރެވިފައިވާ ސަރަހައްދަކަށް ހަދަން ރާއްޖެ އިން އަބަދުވެސް ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފެށި ކަން ފާހަގަ ކުރައްވައި، މާރިޔާ ވިދާޅުވީ ދެ ހެލިކޮޕްޓަރު އޮތުމުގެ ސަބަބުން ދިވެހިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބެމުންދާ ކަމަށެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތާރަމަންއާ ސަލާމް ކުރައްވަނީ. --
"ހެލިކޮޕްޓަރު އޮޕަރޭޝަންސްތައް ފެށިއިރު، މިހާތަނަށް 10 މީހަކަށް އެހީތެރިވެދީފައި ވާނެ. ހެލިކޮޕްޓަރުތައް އެކި ކަންކަމުގައި ބޭނުން އެބަކުރޭ. ހެލިކޮޕްޓަރުތައް ކުރިން ބާއްވާފައި އޮތީ ކީއްވެ ކަމެއް ނޭނގޭ،" ދަ ހިންދޫ އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވި އެވެ.
އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރު ވެސް އާއްމުކޮށް ބޭނުން ކުރަނީ ހާލު ދެރަ ބަލި މީހުން އުފުލާށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހަކާ ޖެހެންދެން އެ ހެލިކޮޕްޓަރުތައް ބޭނުން ކުރުމަށް ފަހު، ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ އެއްބަސްވުން އާ ނުކޮށް، އެ ދޭތި ފޮނުވާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުޅުނެވެ.
ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެއްބަސްވުން އާ ކުރުމަށް ފަހު، ދެ ހެލިކޮޕްޓަރުގެ ބޭނުން މިހާރު ވަނީ ކުރަން ފަށައިފަ އެވެ.
ރާއްޖޭގައި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ. ނަމަވެސް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދި ފަހުން ވިދާޅުވީ، ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށާއި ހެލިކޮޕްޓަރުތައް ދުއްވުމުގައި އިންޑިއާގެ ނުފޫޒެއް ނެތް ކަމަށެވެ.
މާރިޔާ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ ވަނީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ނިރުމަލާ ސިތާރަމަންއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ސިއްރު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މާރިޔާ
ހިލާފު އުފެދޭ ވާހަކަ ދައްކަން ދުލެއް ނުކުރެވޭނެ:ނަޝީދު
ނިހާންގެ "ރާގު" މުޅިން ބަދަލުވީތަ؟
އިންޑިއާއިން ހެލިކޮޕްޓަރެއް ހަދިޔާ ނުކުރާ ކަމަށް ބުނެފި
މަތިންދާބޯޓު ހަވާލު ނުކުރެވެނީ ލިޔުން ބަލައިނުގަންނާތީ
ރާއްޖެއަށް ސިފައިން ފޮނުވުމުގެ ފުރުސަތު އެބައޮތް:ބީޖޭޕީ
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
ރައީސް ބޭނުންވަނީ އިންޑިއާ އިން ލުއި ގޮތްތަކެއް!
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
ދެން އޮތީ ވިސްނައިދިނުން: ޖައިޝަންކަރު