Roadha Mihaaru
ޕެލޭގެ ރެކޯޑާ މެސީ ހަމަކޮށްފި

ޕެލޭގެ ރެކޯޑާ މެސީ ހަމަކޮށްފި

20 ޑިސެމްބަރ 2020

ބާސެލޯނާ (ޑިސެމްބަރު 20) – ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ 2-2 އިން ބާސެލޯނާ އެއްވަރުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާ އެކު، އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާ އޭނާ ހަމަކޮށްފި އެވެ.

ބާސެލޯނާ (ޑިސެމްބަރު 20) – ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ 2-2 އިން ބާސެލޯނާ އެއްވަރުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާ އެކު، އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ޕެލޭ ހަދާފައިވާ ރެކޯޑާ އޭނާ ހަމަކޮށްފި އެވެ.

ބްރެޒިލްގެ ސަންތޯސް 1956-1974 އަށް ޕެލޭ 656 މެޗުން ޖެހި 643 ގޯލުގެ ރެކޯޑާ މެސީ ހަމަކުރީ 748 މެޗުންނެވެ. އިތުރު އެންމެ ގޯލަކާ އެކު މެސީ އަށް ޕެލޭގެ ރެކޯޑް މުގުރާލެވޭނެ އެވެ.

"މިއީ ތައުރީފް ހައްގު އަދަދުތަކެއް. އޭނާހާ ތަފާތު ދައްކާ ކުޅުންތެރިއަކު މި ޓީމަށް ދުވަހަކު ވެސް ނާންނާނެ،" ބާސެލޯނާގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ރޮނާލްްޑް ކޫމަން ބުންޏެވެ. "އެހެންވެ އޭނާ އެއް ނަމްވަރު ކުޅުންތެރިޔާ އަށް ވަނީ."

ވެލެންސިއާގެ ޑިއަހްބީ 29 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނިކޮށް މެސީ ބާސެލޯނާ އަށް އެއްވަރުކޮށްދޭން ތާރީހީ ގޯލް ޖެހީ 45 ވަނަ މިނެޓުގަ އެެވެ. މިއީ މެސީގެ ޕެނަލްޓީއެއް ގޯލްކީޕަރު މަތަކޮށް ފޮނުވާލުމުން ޖޯޑީ އަލްބާ ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން މެސީ ޖެހި ލަނޑެކެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރޮނާލްޑް އަރައުހޯ އެވެ. ވެލެންސިއާ އިން އެއްވަރުކުރީ 69 ވަނަ މިނެޓުގައި މެކްސިމިލިއާނޯ ގޯމޭސް ޖެހި ލަނޑުންނެވެ. މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ 21 މެޗުން 13 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 15 މެޗުން 26 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑެވެ.

އެތުލެޓިކޯ ވަނީ ރޭ އެލްޗޭ އަތުން 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ދެ ގޯލް ޖެހިއިރު އަނެއް ލަނޑު ވައްދާލީ ޑިއެގޯ ކޮސްޓާ އެވެ.