20 ޖުލައި 2020
ވިކްޓޯރިއާ-ގަސްޓެއިޒް (ޖުލައި 20) – ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން 5-1 އިން ބާސެލޯނާ މޮޅުވިއިރު ކެޕްޓަން ލިއޮނަލް މެސީ ދެ ލަނޑު ޖަހައި، ސްޕެނިޝް ލީގުގެ ރަންބޫޓް ހަތް ވަނަ ފަހަރަށް ހޯދައި އެ އެވޯޑް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ހަދައިފި އެވެ.
ވިކްޓޯރިއާ-ގަސްޓެއިޒް (ޖުލައި 20) – ސްޕެނިޝް ލީގުގެ ފަހު މެޗުގައި ރޭ ޑިޕޯޓިވޯ އަލަވެސް އަތުން 5-1 އިން ބާސެލޯނާ މޮޅުވިއިރު ކެޕްޓަން ލިއޮނަލް މެސީ ދެ ލަނޑު ޖަހައި، ސްޕެނިޝް ލީގުގެ ރަންބޫޓް ހަތް ވަނަ ފަހަރަށް ހޯދައި އެ އެވޯޑް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރެކޯޑް ހަދައިފި އެވެ.
މެސީ ރަންބޫޓް ކާމިޔާބުކުރީ 25 ގޯލް ޖަހައިގެންނެވެ. އެންމެ ގާތުން ވާދަކުރީ 21 ލަނޑު ޖެހި ރެއާލް މެޑްރިޑުގެ ކަރިމް ބެންޒެމާ އެވެ. އަދި ތިން ވަނައިގައި ނިންމާލީ 18 ލަނޑު ޖެހި ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ އެވެ.
ރަންބޫޓް އެންމެ ގިނައިން ހޯދުމުގެ ރެކޯޑް މެސީ މިހާތަނަށް އައީ އެތުލެޓިކް ބިލްބާއޯ އަށް 1940/1950 ގެ އަހަރުތަކުގައި ކުޅުނު ޓެލްމޯ ޒަރާއާ ހިއްސާކުރަމުންނެވެ. މިއީ މެސީ ޖެހިޖެހިގެން މި އެވޯޑް ހޯދި ހަތަރު ވަނަ ފަހަރެވެ. ކުރިން ރެއާލް މެޑްރިޑަށް ކުޅެ މެސީއާ ބޮޑު ވާދަވެރިކަމެއް އޮތް ކްރިސްޓިއާނޯ ރޮނާލްޑޯ މި އެވޯޑް ހޯދާފައިވަނީ ތިން ފަހަރެވެ.
ރޭ އަންސޫ ފަޓީ އަށް ގޯލް ޖަހަން މަގުފަހިކޮށްދީގެން މެސީ ވަނީ މި ސީޒަނުގެ ލީގުގައި އޭނާގެ 21 ވަނަ އެސިސްޓް ހަދައި ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް ހަދައިފަ އެވެ. ކުރިން މެސީ އައީ 20 އެސިސްޓް ކޮށްގެން ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްއާ ރެކޯޑް ހިއްސާކުރަމުންނެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ ލީގު ނިންމާލީ ދެ ވަނައިގައި 82 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުގައި މެސީގެ ދެ ގޯލުގެ އިތުރުން އަނެއް ތިން ގޯލް ޖެހީ ފާޓީ އާއި ލުއިސް ސުއަރޭޒް އަދި ނެލްސަން ސެމެޑޯ އެވެ. މި މޮޅަކީ، އަންނަ މަހު ފަށާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި ނަޕޯލީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބާސެލޯނާ ހޯދި ހިތްވަރެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 އިން އެއްވަރުވީ އެވެ.
ޗެމްޕިއަން ރެއާލް މެޑްރިޑް ފަހު މެޗުން ރޭ ލެގަނީސްއާ 2-2 އިން އެއްވަރުވީ އެވެ. މިއީ ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ލީގު އަލުން ފެށި ފަހުން ރެއާލް މޮޅުނުވެ ދިޔަ ފުރަތަމަ މެޗެވެ. ރެއާލް ލީގު ނިންމާލީ 87 ޕޮއިންޓާ އެކު އެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ލީޑު ނަގާފައިފައިވަނިކޮށް ލެގަނީސްގެ ބްރަޔަން ގިލް 45 ވަނަ މިނެޓުގައި އެއްވަރުކުރީ އެވެ. އަދި 52 ވަނަ މިނެޓުގައި އަސެންސިއޯ އަލުން ލީޑު ނަގައިދީފައިވަނިކޮށް ލެގަނީސް އިން ދެ ވަނަ ފަހަރަށް އެއްވަރުކުރީ 78 ވަނަ މިނެޓުގައި ރޮޖާ އަސޭލް ޖެހި ގޯލުންނެވެ. މި މެޗު އެއްވަރުވުމުން ލެގަނީސް ވަނީ ރެލިގޭޓްވެފަ އެވެ. ދެން ރެލިގޭޓްވީ މަޔޯކާ އާއި އެސްޕަންޔޯލް އެވެ.
މެސީ ރުޅިއަރުވާލީ ލޮނުހެޔޮވަރު ކޮށްލަން: މޮރީނިއޯ
މެޑްރިޑް ބަލިކޮށް ބާސާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި
ބާސާ އާއި ރެއާލަށް ވެސް ފަސޭހަ މޮޅެއް
މެސީގެ 500 ވަނަ ލަނޑުން ބާސާ އެއް ވަނަ އަށް
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި
ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް
މެސީ ދެ ގޯލާ އެކު ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފި
ސްނޯގެ ތެރޭގައި ކުޅެން ޖެހުމުން ޒިދާން ހިތްހަމަނުޖެހިއްޖެ
ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި