10 ޖެނުއަރީ 2021
މެޑްރިޑް (ޖެނުއަރީ 10) – ސްޕެނިޝް ލީގުގައި ރޭ ސްނޯގެ ތެރޭގައި ރެއާލް މެޑްރިޑާއި އޮސަސޫނާ 0-0 އިން އެއްވަރުވި މެޗަކީ ފުޓްބޯޅަ މެޗެއް ނޫން ކަމަށާއި އެ މެޗު ކެންސަލްކުރަން ޖެހޭނެ ކަމަށް ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މެޑްރިޑް (ޖެނުއަރީ 10) – ސްޕެނިޝް ލީގުގައި ރޭ ސްނޯގެ ތެރޭގައި ރެއާލް މެޑްރިޑާއި އޮސަސޫނާ 0-0 އިން އެއްވަރުވި މެޗަކީ ފުޓްބޯޅަ މެޗެއް ނޫން ކަމަށާއި އެ މެޗު ކެންސަލްކުރަން ޖެހޭނެ ކަމަށް ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މި މެޗުން އެއްވަރުވުމުން ރެއާލަށް ވަނީ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އަދި ރޭ ގްރަނާޑާ އަތުން 4-0 އިން ބާސެލޯނާ މޮޅުވުމުން އެ ޓީމު ވަނީ ރެއާލާ ގާތްކޮށްފަ އެވެ.
މި ވަގުތު 15 މެޗުން 38 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އެއް ވަނައިގައި އޮތްްއިރު ރެއާލް ދެ ވަނައިގައި އޮތީ 18 މެޗުން 37 ޕޮއިންޓާ އެކު އެވެ. އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް އެތުލެޓިކޯ ކުޅެން އޮތް މެޗު ސްނޯގެ ސަބަބުން ކެންސަލްކުރުމާ އެކު އެ ޓީމުގެ އަތުގައި އިތުރަށް ތިން މެޗު އެބައޮތެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 18 މެޗުން 34 ޕޮއިންޓާ އެކު އެވެ.
އޮސަސޫނާގެ ދަނޑަށް ރޭ އޮތީ ސްނޯ ފައިބައިފަ އެވެ. އެކަމަކު ބޮޑުބައި ފެހިކޮށް އޮތުމުން ރެފްރީ ނިންމީ މެޗު ކުރިއަށްގެންދާށެވެ. ރެއާލުގެ ކޯޗު ޒިދާން ބުނީ މެޗު ކުޅުނީ އެގޮތަށް އެންގުމުން ކަމަށާއި އެކަމަކު ހާލަތު އޮތީ ވަރަށް އުނދަގޫކޮށް ކަމަށެވެ.
"އަހަންނަށް މިއީ ފުޓްބޯޅަ މެޗެއް ނޫން. މިއީ ބަހަނާއެއް ނޫން. އެންމެން ބޭނުންވަނީ ފުޓްބޯޅަ މެޗެއް ބަލަން. އެކަމަކު މިއަދު ހާލަތު އޮތީ ފުޓްބޯޅަ މެޗަކަށް ވާކަހަލަ ގޮތަކަށް ނޫން،" ޒިދާން ބުންޏެވެ.
ގްރަނަޑާ އާއި ބާސެލޯނާ ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ އެންޓޮއިން ގްރިޒްމަން އެވެ. އޭގެ ފަހުން ލިއޮނަލް މެސީ ދެ ގޯލް ޖަހައި ބާސެލޯނާގެ ލީޑު ފުޅާކޮށްދިނެވެ. އެ ޓީމުގެ ފަހު ގޯލް ޖެހީ 63 ވަނަ މިނެޓުގައި ގްރިޒްމަން އެވެ. މެޗުގެ 78 ވަަނަ މިނެޓުގައި ގްރަނާޑާގެ ވަލޭޔޯ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
ރެއާލް އެއް ވަނައިގައި، ބާސެލޯނާ އަށް ޕްރެޝަރު
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި
ރެއާލް މެޑްރިޑާއި ބާސެލޯނާ ވެސް ބަލިވެއްޖެ
މެސީ ރަންބޫޓް ހޯދައި ރެކޯޑެއް ގާއިމްކޮށްފި
ރެއާލުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފި
ބާސެލޯނާ އިން އުއްމީދު ދަމަހައްޓައިފި
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއް ވަނަ އަށް