18 އޮކްޓޯބަރ 2020
މެޑްރިޑް (އޮކްޓޫބަރު 18) – އަންނަ ހަފުތާގައި އެލް ކްލެސިކޯ މެޗަށް ނުކުތުމުގެ ކުރިން ރެއާލް މެޑްރިޑާއި ބާސެލޯނާ ސްޕެނިޝް ލީގުގައި ކުޅުނު މެޗުތަކުން ރޭ ބަލިވެއްޖެ އެވެ.
މެޑްރިޑް (އޮކްޓޫބަރު 18) – އަންނަ ހަފުތާގައި އެލް ކްލެސިކޯ މެޗަށް ނުކުތުމުގެ ކުރިން ރެއާލް މެޑްރިޑާއި ބާސެލޯނާ ސްޕެނިޝް ލީގުގައި ކުޅުނު މެޗުތަކުން ރޭ ބަލިވެއްޖެ އެވެ.
ރެއާލް ބަލިވީ އަމިއްލަ ދަނޑުގައި ކަޑިޒް އަތުން 1-0 އިންނެވެ. ބާސެލޯނާ ބަލިވީ ރަށުން ބޭރުގައި ގެޓަފޭ އަތުން ހަމަ އެ ނަތީޖާ އިންނެވެ. ބަލިވިޔަސް ފަސް މެޗުން 10 ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ. ތާވަލުގެ ދެ ވަނައިގައި އޮތް ގެޓަފޭ އާއި ތިން ވަނައިގައި އޮތް ކަޑިޒް އަދި ހަތަރު ވަނައިގައި އޮތް ގްރަނަޑާ ވެސް ވަނީ 10 ޕޮއިންޓް ހަމަކޮށްފަ އެެވެ. ފަރަގުކުރަނީ ލަނޑުގެ ތަފާތުންނެވެ. ބާސެލޯނާ އޮތީ ހަތް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.
ރެއާލް މެޑްރިޑާއި ކަޑިޒް އިން ސެންޓިއާގޯ ބެރްނެބުއޭގައި ކުޅުނު މެޗުގައި ކަޑިޒްގެ ހަމައެކަނި ގޯލް 16 ވަނަ މިނެޓުގައި ޖެހީ އެންތަނީ ލޮޒާނޯ އެވެ. މިއީ 14 އަހަރު ތެރޭ ސްޕެނިޝް ލީގުގައި ކަޑިޒް ކުޅޭ ފުރަތަމަ ފަހަރެވެ. އަދި 29 އަހަރުތެރޭ ރެއާލް އަތުން ހޯދި ފުރަތަމަ މޮޅެވެ.
"އެއްވެސް އުޒުރެއް ނެތް. އެ ޓީމުން ފުރަތަމަ ހާފުގައި ދެ ތިން ގޯލް ޖެހި ނަމަވެސް އަހަރެމެންނަށް ޝަކުވާއެއް ކުރެވެން ނޯންނާނެ. އެއްވެސް ބަހަނާއެއް ނެތް،" ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.
ބާސެލޯނާ އާއި ގެޓަފޭގެ މެޗުގައި ގެޓަފޭގެ ހަމައެކަނި ގޯލް 56 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ޖެއިމީ މަޓާ އެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ ބަލިކޮށް ރެއާލް ކުރީގައި ލީޑުފުޅާކޮށްފި
ސްނޯގެ ތެރޭގައި ކުޅެން ޖެހުމުން ޒިދާން ހިތްހަމަނުޖެހިއްޖެ
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
ރެއާލް އެއް ވަނައިގައި، ބާސެލޯނާ އަށް ޕްރެޝަރު
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި
މެސީ ރަންބޫޓް ހޯދައި ރެކޯޑެއް ގާއިމްކޮށްފި
ރެއާލުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފި
ބާސެލޯނާ އިން އުއްމީދު ދަމަހައްޓައިފި
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއް ވަނަ އަށް