03 މާޗް 2019
މެޑްރިޑް (މާޗް 3) – ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ބާސެލޯނާގެ ލިއޮނަލް މެސީ ރުޅިއަރުވާލަން މެޑްރިޑުގެ ސާޖިއޯ ރާމޯސް މަސައްކަތްކުރީ ގަސްދެއް އޮވެގެން ކަމަށާއި އޭނާ ބޭނުންވީ މެޗުގެ ލޮނުހެޔޮވަރުކޮށްލަން ކަމަށް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެޑްރިޑް (މާޗް 3) – ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި ބާސެލޯނާގެ ލިއޮނަލް މެސީ ރުޅިއަރުވާލަން މެޑްރިޑުގެ ސާޖިއޯ ރާމޯސް މަސައްކަތްކުރީ ގަސްދެއް އޮވެގެން ކަމަށާއި އޭނާ ބޭނުންވީ މެޗުގެ ލޮނުހެޔޮވަރުކޮށްލަން ކަމަށް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި، މެސީ އަތުން ބޯޅަ ހޯދަން މަސައްކަތްކުރުމުގެ ތެރޭގައި ރާމޯސް ވަނީ މެސީގެ އަނގަމަތީ ޖަހައިފަ އެވެ. އެއާ އެކު މެސީ ބިންމައްޗަށް ވެއްޓި އޮތުމަށް ފަހު ތެދުވެ ރާމޯސްއާ ދިމާލަށް ރުޅިވެރިކަމާ އެކު ދިޔަ އެވެ. ރެފްރީ ގާތު ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެކަމަކު ފިޔަވަޅައެއް އަޅާފައެއް ނުވެ އެވެ.
ބާސެލޯނާ 10 ޕޮއިންޓަށް ލީޑު ފުޅާކުރި މެޗުގެ އެނަލިސްޓަކަށް ބީން ސްޕޯޓްސް އަށް އަރައި ހުރި މޮރީނިއޯ ބުނީ ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ހާފުގައި ބޯޅަ ލިބުނު ވަގުތު ވެސް އިދިކޮޅު ޓީމަށް ނުރައްކަލެއް ނުކުރެވޭ ކަމަށާއި ޑިފެންސުގެ ހަރަކާތްތައް ވެސް ފެނުނީ ދަށްކޮށް ކަމަށާއި އެންމެން ކުޅެމުން ދިޔައީ އާދައިގެ ވަރެއްގައި ކަމަށެވެ.
"ޑާބީއެއްގެ، ލީގު ތަށްޓާ މެދު ގޮތް ނިންމޭ ވަރުގެ ކްލަސިކޯއެއްގެ ހޫނުކަމެއް ނެތް މެޗުގައި. އަހަންނަށް ހީވަނީ ސާޖިއޯ ރާމޯސްގެ އަމަލުތައް އެއައީ، މެޗު ބަދަލުވާން ޖެހޭކަން އެނގިގެން ހެން. ބެލެވޭ ގޮތުގައި އޭނާ އެކަންކުރީ ދެ ވަނަ ހާފަށް މެޗުގެ ހޫނުކަން ގަދަކޮށްލުމުގެ ގަސްދުގައިހެން. ސަބަބަކީ އަހަރެންގެ ނަޒަރުގައި އެހާތަނަށް މެޗު ދިޔައީ ވަރަށް އާދައިގެ ވަރެއްގައި ކަމަށްވާތީ،" އަންނަ ސީޒަނުގައި މެޑްރިޑާ އަލުން ހަވާލުވެދާނެ ކަމަށް ބެލެވިފައިވާ މޮރީނިއޯ ބުންޏެވެ.
ސާޖިއޯ ރާމޯސް އަކީ އަބަދުވެސް ދަނޑުމަތީގައި ފައުލްގިނަ، ކާޑާ ރަށްޓެހި އަދި އިދިކޮޅު ކުޅުންތެރިން ރުޅިއެރުވުމުގައި ފާހަގަކުރެވޭ ކުޅުންތެރިޔެކެވެ. އޭނާ މި މެޗަށް ނުކުތްއިރު، ޔުއެފާ އިން އޮތީ ޗެމްޕިއަންސް ލީގުގައި އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ގަސްދުގައި ކާޑެއް ހޯދި މައްސަލައިގައި އިތުރު މެޗަކަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ އެ ދުވަހު ގަސްދުގައި ކާޑު ހޯދީ، ދެ ވަނަ ލެގުގެ މުހިއްމު ކަމެއް ނެތް ކަމަށް ބަލައި އެ މެޗަށް ސަސްޕެންޑްވެ، ކުއާޓާ ފައިނަލުގެ ކުރިން ކާޑުތައް ސާފުކޮށްލާށެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި
މެސީ ރަންބޫޓް ހޯދައި ރެކޯޑެއް ގާއިމްކޮށްފި
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން
ބާސާ-ރެއާލް އެއްވަރު، ދަނޑު ބޭރުގައި ހަމަނުޖެހުން
މެޑްރިޑް ބަލިކޮށް ބާސާ 10 ޕޮއިންޓުގެ ލީޑެއް ނަގައިފި
ބާސެލޯނާ ފޯމުގައި، ރެއާލް ބަދަލުހިފުމަކަށް
ރެއާލާ ދެކޮޅަށް މެސީ ކުޅެފާނެ: ވަލްވޭޑޭ
ސުއަރޭޒްގެ ހެޓްރިކާއެކު ބާސެލޯނާ އިން ރެއާލް ބަލިކޮށްފި
މެޑްރިޑް ބަލިކޮށް ބާސާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި