28 އޮކްޓޯބަރ 2018
ބާސެލޯނާ (އޮކްޓޫބަރު 28) - ސްޕެނިޝް ލީގުގައި މިރޭ ލުއިސް ސުއަރޭޒްގެ ހެޓްރިކާ އެކު ބާސެލޯނާ އިން 5-1 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް އަލުން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ބާސެލޯނާ (އޮކްޓޫބަރު 28) - ސްޕެނިޝް ލީގުގައި މިރޭ ލުއިސް ސުއަރޭޒްގެ ހެޓްރިކާ އެކު ބާސެލޯނާ އިން 5-1 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް އަލުން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
މިރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު އެ ޓީމު އޮތީ ލީގުގެ ދެ ވަނައިގަ އެވެ. އެއީ ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން މޮޅުވުމުންނެވެ. މި މޮޅާ އެކު ބާސެލޯނާ އަލުން އެއް ވަނަ އަށް އެރީ 10 މެޗުން 21 ޕޮއިންޓް ހަމަކޮށްގެންނެވެ. އެތުލެޓިކޯ ދެ ވަނަައިގައި އޮތީ 10 މެޗުން 19 ޕޮއިންޓާ އެކު އެވެ. ރެއާލް ލީގުގެ ނުވަ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ.
މިއީ 2007 ވަނަ އަހަރަށް ފަހު ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ފުރަތަމަ އެލްކްލަސިކޯ މެޗެވެ. މިދިޔަ ހަފްތާގައި އަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެސީ އަށް މި މެޗު ގެއްލުނުއިރު، މިރޭގެ މެޗު ބަލަން އޭނާ ދަނޑުގައި އިނެވެ. ރޮނާލްޑޯ ވަނީ މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ރެއާލް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.
ބާސެލޯނާ އިން އެޓޭކިން ގޭމަކުން ފެށިއިރު މެޗުގެ 11 ވަނަ މިނިޓްގައި ލީޑުނެގީ ފިލިއްޕޭ ކުޓީނިއޯ ޖެހި ގޯލުންނެވެ. ޖޯޑީ އަލްބާ ހުސްކޮށްލާފައި ދިން ބޯޅަ ކުޓީނިއޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ފުރަތަމަ ހާފުގައި ބާސެލޯނާ އިން ލީޑުފުޅާކުރީ ސުއަރޭޒް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ސުއަރޭޒަށް އޭރިއާ ތެރެއިން ރެއާލްގެ ޑިފެންޑަރު ރަފައެލް ވަރާން ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރެފްރީ ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
މިރޭގެ މެޗު ބަލަން މެސީ (ކ) އޭނާގެ ދަރިފުޅު އުރައިގެން ދަނޑުގައި.-- ފޮޓޯ: އޭއެފްޕީ
ރެއާލުން ދެ ވަނަ ހާފަށް ނުކުތީ ވަރާންގެ ބަދަލުގައި ލޫކަސް ވަޒްކޭޒް ކުޅެން އަރުވައިގެންނެވެ. އެ ބަދަލާ އެކު ދެ ވަނަ ހާފުގެ ކުރީކޮޅު ރެއާލުން ރަނގަޅަށް ކުޅުނެވެ. މާސެލޯގެ ލަނޑުން އަލުން ރެއާލް މެޗުގެ ތެރެއަށް އައިއިރު، އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދޭން ލޫކަ މޮޑްރިޗް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ފަހުން އިސްކޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ރެއާލަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ބާސެލޯނާ އިން އެޓޭކް ވަރުގަދަކޮށް އަލުން ދެ ލަނޑުގެ ލީޑެއް ނެގުމެވެ. މެޗުގެ 75 ވަނަ މިނިޓްގައި ސުއަރޭޒް ބާސެލޯނާގެ ތިން ވަނަ ޖެހީ ސާޖީ ރޮބާޓޯ ނަގައިިދިން ބޯޅައަކުން ބޮލުންނެވެ. އަދި އޭގެ އަށް މިނިޓް ފަހުން ސުއަރޭޒް ހެޓްރިކް ފުރިހަމަ ކުރީ ވެސް ސާޖީ ރޮބާޓޯ ދިން ބޯޅައަކުންނެވެ.
ބާސެލޯނާގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ވަގުތު ކުޅެން ނުކުތް އާޓޫރޯ ވިޑާލް އެވެ. އޮސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ވިޑާލް މި ލަނޑު ޖެހީ ބޮލުންނެވެ. އިތުރު ލަނޑެއް ޖަހަން ސުއަރޭޒް ޖެހި ބޯޅައެއް ރެއާލުގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ރެއާލަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ކަރިމް ބެންޒެމާ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.
މިއީ 2015 ވަނަ އަހަރަށް ފަހު ބާސެލޯނާ އިން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ކްލަސިކޯ މެޗެވެ. އެ ފަހަރު ރެއާލް ދަނޑުގައި އެ ޓީމު މޮޅުވީ 4-0 އިންނެވެ. އެ ފަހަރު ރެއާލް ކޯޗަކަށް ހުރި ރަފައެލް ބެނިޓޭޒަށް ވަނީ އޭގެ ދެ މަސް ފަހުން ވަޒީފާ ގެއްލިފަ އެވެ. ރެއާލް ލީގުގެ ނުވަ ވަނައިގައި އޮތްއިރު، އެންމެ ފަހުން އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން ހޯދުނީ އެންމެ މޮޅެކެވެ. އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ އަށް މަގާމުގައި ހުންނަން ޕްރެޝަރު ބޮޑުވެފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި އޭނާ މަގާމުން ވަކިކުރުމުގެ ފުރުސަތު ބޮޑެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން
ބާސާ-ރެއާލް އެއްވަރު، ދަނޑު ބޭރުގައި ހަމަނުޖެހުން
މެސީ ރުޅިއަރުވާލީ ލޮނުހެޔޮވަރު ކޮށްލަން: މޮރީނިއޯ
މެޑްރިޑް ބަލިކޮށް ބާސާ 10 ޕޮއިންޓުގެ ލީޑެއް ނަގައިފި
ބާސެލޯނާ ފޯމުގައި، ރެއާލް ބަދަލުހިފުމަކަށް
މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން
ރެއާލް ބަލިކުރެވުނަސް ލީގު ޔަގީނެއް ނުވާނެ: ވަލްވޭޑޭ
ބާސެލޯނާ އަށް މަރުގެ މެޗެއް، ރެއާލް އިތުބާރާ އެކު