19 ޑިސެމްބަރ 2019
ބާސެލޯނާ (ޑިސެމްބަރު 19) – ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާ ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ދަނޑު ބޭރުގައި އަނިޔާވެރި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ބާސެލޯނާ (ޑިސެމްބަރު 19) – ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާއި ބާސެލޯނާ ރޭ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ދަނޑު ބޭރުގައި އަނިޔާވެރި ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ބާސެލޯނާ ނިސްބަތްވާ ކެޓަލޫނިއާ ސަރަހައްދުގައި ވަކި ދައުލަތެއް ގާއިމްކުރުމަށް ގޮވާލާ އަޑުއުފުލަމުން ދިޔަ މީހުން ވަނީ ދަނޑު ބޭރުގައި ގަލާއި ބިއްލޫރި ފުޅި ފުލުހުންނާ ދިމާލަށް އުކައިފަ އެވެ. ރައްދުގައި ފުލުހުން ވަނީ ފޯމް އުންޑަ ޖަހައިފަ އެވެ. މި ހަމަނުޖެހުންތަކުގައި 46 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. އޭގެ ތެރެއިން އަށް މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.
އޮކްޓޯބަރު މަހު ކުޅެން އޮތް މި މެޗު އޭރު ފަސްކުރީ ވެސް އެ ދުވަސްވަރަކީ އެސަރަހައްދުގައި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ ދުވަސްވަރަކަށްވުމުންނެވެ. ކެޓަލޫނިއާ މިނިވަން ދައުލަތަކަށް ހެދުމުގެ މަސައްކަތްތަކުގައި ބާއްވާ އެއްވުންތައް ލީޑުކުރުމުގައި އުޅޭ ޑިމޮކްރަޓިކް ސުނާމީ ގްރޫޕުން ވަނީ ރޭގެ މެޗު ފެށުމުގެ ހަތަރު ގަޑިއިރު ކުރިން އެ ގްރޫޕަށް އެހީވެދޭ ފަރާތްތަށް ދަނޑަށް ވަނުމަށް ގޮވާލައިފަ އެވެ. އެ ގްރޫޕުން މި މެޗަށް ހާއްސަ ގޮތެއްގައި ވަންނަން ގޮވާލީ މިއީ ސްޕެއިނުގެ މައި ސަރުކާރު ނިސްބަތްވާ މެޑްރިޑާއި ކެޓަލޫނިއާގެ ކުރިމަތިލުމެއްކަމަށް ބުނެ އެ ގޮތަށް ޕްރޮމޯޓްކުރުމަށް ފަހު އެވެ.
އެހެންވެ ހަމަނުޖެހުން ހިނގައި ރޭގެ މެޗު ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތެވެ. އެކަމަކު ދަނޑު ބޭރުގައި ހަމަނުޖެހުން ހިނގި ނަމަވެސް މެޗަށް އުނދަގޫވާނެ ފަދަ މާބޮޑު ކަންތައްތަކެއް ސްޓޭޑިއަމްތެރޭ ނުހިނގަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ރީނދޫ ކުލައިގެ ބީޗްބޯޅަތަކެއް ދަނޑަށް އުކުމުން އެ ނަގަން މެޗު އިރުކޮޅަކަށް މެދުކަނޑާލަން ޖެހުން ފިޔަވަ އެވެ.
"އިތުރު ކަމެއް ނުހިނގާ. އަހަރެމެން މަސައްކަތްކުރިން އާއްމު ހާލަތުގެ އިހުސާސްކޮށްދޭން،" ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމް ބޭރުގައި ހަމަނުޖެހުން ހިނގަނީ. --ފޮޓޯ: އޭއެފްޕީ
ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެންމެން ބޭނުންވީ ރަނގަޅު ފުޓްބޯޅަ މެޗެއް ބަލާލަން ކަމަށާއި އެ އުސޫލުން ބަލާއިރު ހިތްހަމަޖައްސާލެވިދާނެ ކަމަށެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ މެޗުތަކުގައި އާއްމުކޮށް ފެންނަ ވަރުގަދަ ކުޅުން ރޭގެ މެޗުގައި ފެނިގެންނުދެ އެވެ. ރެއާލް މެޑްރިޑުގެ ގަރެތު ބޭލް ލަނޑެއް ޖެހި ނަމަވެސް ހަމަލާ އުފެއްދިއިރު ފާލެންޑް މެންޑީ އޮފްސައިޑުގައި ހުރުމުން ރެފްރީ އެ ލަނޑު ބަލައިނުގަތީ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ ލިއޮނަލް މެސީ އަށް ވެސް އަދި މިވަގުތު ފޯމުގައި ހުރި ރެއާލުގެ ފޯވާޑް ކަރިމް ބެންޒެމާ އަށް ވެސް ކަމެއް ނުކުރެވުނެވެ. މިއީ 2002 ވަނަ އަހަރުގެ ނޮވެމްބަރުގެ ފަހުން މި ދެ ޓީމުގެ މެޗެއް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.
މެޗު އެއްވަރުވުމުން ހިތްހަމަޖެހުން ލިބުނީ ބާސެލޯނާ އަށެވެ. އެ ޓީމު އޮތީ ރެއާލް މެޑްރިޑާ އެއްވަރަށް 36 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތާވަލުގެ ކުރީގަ އެވެ. ރެއާލް އޮތީ ދެ ވަނައިގަ އެވެ. މި ދެ ޓީމާ އެންމެ ގާތުގައި އޮތީ 31 ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތް ސެވިއްޔާ އެވެ.
ސަލާމަތީ ސަބަބަތުތަކަށްޓަކައި ރޭގެ މެޗުގެ ކުރިން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބާސެލޯނާގައި ކޭމްޕްކޮށްފައި ތިބީ އެއް ހޮޓަލެއްގަ އެވެ. އަދި ސްޓޭޑިއަމަށް ދަތުރުކުރީ ވެސް އެއްކޮށެވެ.
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސެލޯނާ އަތުން ރެއާލް މުހިއްމު މޮޅެއް ހޯދައިފި
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން
މެސީ ރުޅިއަރުވާލީ ލޮނުހެޔޮވަރު ކޮށްލަން: މޮރީނިއޯ
މެޑްރިޑް ބަލިކޮށް ބާސާ 10 ޕޮއިންޓުގެ ލީޑެއް ނަގައިފި
ބާސެލޯނާ ފޯމުގައި، ރެއާލް ބަދަލުހިފުމަކަށް
ސުއަރޭޒްގެ ހެޓްރިކާއެކު ބާސެލޯނާ އިން ރެއާލް ބަލިކޮށްފި
މިއަދުގެ މެޗަށް ރޮނާލްޑޯ ފިޓް: ޒިދާން
ރެއާލް ބަލިކުރެވުނަސް ލީގު ޔަގީނެއް ނުވާނެ: ވަލްވޭޑޭ
ބާސެލޯނާ އަށް މަރުގެ މެޗެއް، ރެއާލް އިތުބާރާ އެކު