14 ޖޫން 2020
މެޑްރިޑް (ޖޫން 14) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ މޮޅުކުޅުމާ އެކު އެ ޓީމުން 4-0 އިން ރެއާލް މަޔޯކާ ބަލިކޮށްފި އެވެ.
މެޑްރިޑް (ޖޫން 14) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ މޮޅުކުޅުމާ އެކު އެ ޓީމުން 4-0 އިން ރެއާލް މަޔޯކާ ބަލިކޮށްފި އެވެ.
މި މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އަށް 28 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓާ އެކު އެވެ. މިރޭ އަމިއްލަ ދަނޑުގައި އެއިބާގެ މައްޗަށް ކުރިހޯދައިގެން ރެއާލަށް ބާސެލޯނާއާ ދެމެދުގައި އޮތް ފަރަގު އަނެއްކާ ވެސް ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.
ރޭގެ މެޗަށް މެސީ ފިޓްނުވާނެ ކަމަށް ބެލެވުނު ނަމަވެސް ވަގުތު އޮއްވައި ފިޓްވެ، އޭނާ ވަނީ މެޗުގައި ލަނޑެއް ޖެހުމުގެ އިތުރުން ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މެޗު ފަށައިގެން 66 ސިކުންތު ތެރޭގައި ބާސެލޯނާ އަށް ލީޑުނަގައިިދިނީ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް ލީޑުފުޅާކޮށްދިނީ މާޓިން ބްރާތުވެއިޓް އެވެ. މިއީ އޭނާ ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ބާސެލޯނާގެ ތިން ވަނަ ގޯލު މެޗުގެ 79 ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން ކާމިޔާބުކުރީ ޖޯޑީ އަލްބާ އެވެ. މެޗުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ފަހު ގޯލު ޖެހީ މެސީ އެވެ. މި ގޯލާ އެކު މެސީ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. މެސީ ވަނީ ފާއިތުވި 12 ސީޒަނުގެ ލީގުގައި މަދުވެގެން 20 ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ލުއިސް ސުއަރޭޒް ވަނީ ކުޅެން އަރުވައިފަ އެވެ. ސުއަރޭޒަކީ ކޮވިޑް-19ގެ ސަބަބުން ސީޒަން މެދުކަނޑާލިއިރު ކަކުލަށް އަނިޔާވެގެން ކުޅުމާ ދުރުގައި ހުރި ކުޅުންތެރިޔެކެވެ. ސީޒަން ދިގުލައިނުދިޔަ ނަަމަ މި ސީޒަނުގައި އޭނާ ނުފެނުމުގެ ފުރުސަތު އޮތެވެ.
ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުނީ މެޗުގައި ފެނިގެންދިޔައީ އޭނާ ވަރަށް ހިތްހަަމަޖެހޭ ކުޅުމެއް ކަމަށާއި ފުޓްބޯޅަ ނުކުޅެ ތިބެފައި ކުއްލިއަކަށް އައިސް ފުރަތަމަ މެޗުގައި މި ފަދަ ނަތީޖާ އެއް ނެރެވުމަކީ ކުރިއަށްދާން ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށެވެ.
ލީގުގައި ރޭ ސެލްޓަ ވީގޯ ދަނޑުގައި ވިޔަރެއާލް ވަނީ 1-0 އިން މޮޅުވެފަ އެވެ. އެސްޕަޔޯލުން 2-0 އިން އަލާވެސް ބަލިކުރިއިރު، ލެގަނޭސް ދަނޑުގައި 2-1 އިން ރޮނާލްޑޯ ނަޒާރިއޯގެ ކްލަބް، ރެއާލް ވަޔަޑޮލިޑް ވަނީ މޮޅުވެފަ އެވެ.
ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް
މެސީ ދެ ގޯލާ އެކު ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފި
ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި
ޕެލޭގެ ރެކޯޑާ މެސީ ހަމަކޮށްފި
މެސީ، ނެވެލްސްގެ ޖާޒީގައި މަރަޑޯނާއަށް އިހުތިރާމްކޮށްފި
މެސީ ނެތަސް ލީގުގެ ހައިބަތު ކުޑަނުވާނެ: ލަލީގާ ރައީސް
މެސީ ދިއުމުން ލީގުގެ ހައިބަތު ކުޑަވާނެ: މޮޑްރިޗް
މެސީ ރަންބޫޓް ހޯދައި ރެކޯޑެއް ގާއިމްކޮށްފި
ބާސެލޯނާ މޮޅުވިއިރު އޮންރީގެ ރެކޯޑާ މެސީ ހަަމަކޮށްފި
މެސީ 700 ގޯލް ހަމަކޮށްފި އެކަމަކު ބާސާއަށް ހާސްކަން