12 ޖުލައި 2020
ބާސެލޯނާ (ޖުލައި 12) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލޮޑޮލިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފި އެވެ.
ބާސެލޯނާ (ޖުލައި 12) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަލޮޑޮލިޑް އަތުން 1-0 އިން ބާސެލޯނާ މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ހަދާފައިވާ ރެކޯޑަކާ ހަމަކޮށްފި އެވެ.
މެސީ މި ފަހަރު ސްޕެނިޝް ލީގުގައި 22 ގޯލު ޖަހާފައިވާއިރު، ރޭ ވަނީ މި ސީޒަނުގައި 20 ވަނަ ފަހަރަށް ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގައި މީގެ ކުރިން އެއް ސީޒަނެއްގައި 20 ގޯލު ޖަހައި 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހަމައެކަނި ކުޅުންތެރިއަކީ އޮންރީ އެވެ. އޮންރީ އެކަން ހާސިލްކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ 2002/2003 ވަނަ ސީޒަނުގައި 24 ގޯލު ޖަހައި 20 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ.
އެއް ސީޒަނެއްގެ ލީގުގައި ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ ސްޕެނިޝް ލީގުގެ ރެކޯޑް އޮތީ ޒަވީ އަތުގަ އެވެ. އެއީ 2008/2009 ވަނަ ސީޒަނުގެ ލީގުގައި 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ. މެސީ ވަނީ ރޭ ވިޑާލް ލަނޑު ޖަހަން ތަނަވަސްކޮށްދިން ބޯޅައާ އެކު ޒަވީގެ ރެކޯޑާ ހަމަކޮށްފަ އެވެ.
ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 36 މެޗުން 79 ޕޮއިންޓާ އެކު އެވެ. އެކަމަކު މާދަމާރޭ ގްރަނާޑާ އަތުން ރެއާލް މޮޅުވެގެން ހަތަރު ޕޮއިންޓަށް އަނެއްކާ ވެސް ލީޑު ފުޅާކުރެވޭނެ އެވެ. އޭރުން ދެން އެ ޓީމު ލީގު ކަށަވަރުކުރަން ބާކީ އޮންނަ ދެ މެޗުން ބޭނުންވާނީ ދެ ޕޮއިންޓެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވިޑާލް ކާމިޔާބުކުރީ މެޗުގެ 15 ވަނަ މިނިޓްގަ އެވެ. ލީގުގެ 14 ވަނައިގައި އޮތް ވަލޮޑޮލިޑަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނީ ބާސެލޯނާ ގޯލުގައި ހުރި މާކް އަންދްރޭ ސްޓެގެން ދެއްކި މޮޅު ކުޅުމުންނެވެ.
ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭގެ މެޗުގައި 1-0 އިން ރެއާލް ބެޓިސް ބަލިކޮށްފަ އެވެ. މެޗުގެ ފަހު ކޮޅުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެތުލެޓިކޯ މޮޅުކޮށްދިން ލަނޑު ޖެހީ ޑިއޭގޯ ކޮސްޓާ އެވެ.
ލީގުގެ ރޭހުގައި ބާސެލޯނާ އަށް ބޮޑު މޮޅެއް
މެސީ ދެ ގޯލާ އެކު ބާސެލޯނާ އިން އެލްޗޭ ބަލިކޮށްފި
ޕެލޭގެ ރެކޯޑް މެސީ މުގުރާލައިފި
ޕެލޭގެ ރެކޯޑާ މެސީ ހަމަކޮށްފި
މެސީ، ނެވެލްސްގެ ޖާޒީގައި މަރަޑޯނާއަށް އިހުތިރާމްކޮށްފި
މެސީ ނެތަސް ލީގުގެ ހައިބަތު ކުޑަނުވާނެ: ލަލީގާ ރައީސް
މެސީ ދިއުމުން ލީގުގެ ހައިބަތު ކުޑަވާނެ: މޮޑްރިޗް
މެސީ ރަންބޫޓް ހޯދައި ރެކޯޑެއް ގާއިމްކޮށްފި
މެސީ 700 ގޯލް ހަމަކޮށްފި އެކަމަކު ބާސާއަށް ހާސްކަން
ބާސެލޯނާ އެނބުރި އައި މެޗުގައި މެސީ ތަފާތު ދައްކައިފި