Roadha Mihaaru
އެވަމޯ: އަނެއްކާވެސް ޓޭލާ ސްވިފްޓް އަލްބަމެއް

އެވަމޯ: އަނެއްކާވެސް ޓޭލާ ސްވިފްޓް އަލްބަމެއް

15 ޑިސެމްބަރ 2020

ކޮވިޑްގެ ބަލިމަޑުކަމާއި ލޮކްޑައުންއާ ހެދި މި އަހަރު ވަރަށް ގިނަ ބަޔަކު ހުއްޓުމަކަށް އަޔަސް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް މި އަހަރަކީ ވަރަށް އުފެއްދުންތެރި އަހަރެކެވެ. ހުނަރުވެރި ފަންނާނުގެ އަށް ވަނަ އަލްބަމް "ފޯކްލޯ" ޖުލައި މަހު ނެރެ އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އިރު އަނެއްކާ ވެސް މި ވަނީ އާ އަލްބަމެއް ނެރެފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހަރުގެ އަލްބަމަކީ "އެވަމޯ" އެވެ. މި އަލްބަމް ނެރޭކަން ޓޭލާ ވަރަށް ކުއްލި ގޮތަކަށް ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގަ އެވެ.

މަގުބޫލު އެތައް ލަވައެއް ގެނެސްދިން ޓޭލާ ވަނީ މި އަހަރު އޭނާ ގެނެސްދިން ދެވަނަ އަލްބަމް "އެވަމޯ" ހުކުރު ދުވަހު ނެރެފަ އެވެ. ޓޭލާގެ ނުވަ ވަނަ ސްޓޫޑިއޯ އަލްބަމްގައި 17 ޓްރެކް ހިމެނެ އެވެ. މީގެ ތެރެއިން ތިން ލަވައެއްގައި އޭނާއާ އެކު އިތުރު ފަންނާނުންތަކެއް ހިއްސާ ވެސް ވެފައިވެ އެވެ.

އެގޮތުން "ނޯ ބޮޑީ، ނޯ ކްރައިމް" ގައި ހައިމް ހިއްސާވެފައިވާ އިރު، "ކޯނީ އައިލެންޑް" ގައި ދަ ނެޝަނަލް ބައިވެރިވެ އެވެ. އަދި ޓައިޓްލް ލަވަ "އެވަމޯ" ގައި ބޮން އައިވާ ހިއްސާވި އެވެ.

އާ އަލްބަމް ވެސް ނެރުނީ ޓޭލާ ކުރިން ވެސް އަލްބަމްތައް ގެނެސްދިން ރިޕަބްލިކް ރެކޯޑްސްގެ ލޭބަލްގަ އެވެ.

މިހާތަނަށް 10 ގްރެމީ އެވޯޑްސްގެ އިތުރުން ވެސް މިއުޒިކް ދާއިރާ އިން އެތައް ކާމިޔާބީއެއް ހޯދާފައިވާ ޓޭލާ ނެރުނު އިތުރު އަލްބަމްތަކަކީ ޓޭލާ ސްވިފްޓް (2006)، ފިއަލެސް (2008)، ސްޕީކް ނައު (2010)، ރެޑް (2012)، 1989 (2014)، ރެޕިއުޓޭޝަން (2014) އަދި ލަވާ (2019) އެވެ.