Roadha Mihaaru
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް

ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް

15 ސެޕްޓެމްބަރ 2024

އެމެރިކާގެ މަޝްހޫރު ފަންނާނު ޓޭލާ ސްވިފްޓް ދެކެ ވަރަށް ހިތްހަމަނުޖެހި ރުޅި އައިސްފައިހުރިކަން ހާމަކުރެއްވުމަށް، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އައި ހޭޓް ޓޭލާ ސްވިފްޓް" ކެޕްސްކޮށް ލިޔުއްވައި ޓްވީޓްކުރައްވައިފި އެވެ.

އެމެރިކާގެ މަޝްހޫރު ފަންނާނު ޓޭލާ ސްވިފްޓް ދެކެ ވަރަށް ހިތްހަމަނުޖެހި ރުޅި އައިސްފައިހުރިކަން ހާމަކުރެއްވުމަށް، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް "އައި ހޭޓް ޓޭލާ ސްވިފްޓް" ކެޕްސްކޮށް ލިޔުއްވައި ޓްވީޓްކުރައްވައިފި އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕުގެ މި ޓްވީޓަކީ އޭނާ އަކީ އާދަޔާ ހިލާފް ކަންކަން ކުރައްވާ ބޭފުޅަކަށް ވިޔަސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ޓްވީޓަކަށް ވަނީ ވެފަ އެވެ.

އަންގާރަ ދުވަހު އޮތް ރިޔާސީ ބަހުސް ނިމުނުތާ ކުޑަ އިރުކޮޅެއް ފަހުން ސުޕަސްޓާރު ލަވަކިޔުންތެރިޔާ / ސޮންގްރައިޓަރު ޓޭލާ ސްވިފްޓް އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ވޯޓު ލާނީ އޭނާ ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސް އަށް ކަމަށް ވަނީ ބުނެފަ އެވެ.

އެ ޕޯސްޓްގައި ޓޭލާ ސްވިޓް ބުނީ ކަމަލާ އަށް ވޯޓު ދޭން ނިންމީ އެއީ "ޖެހިލުން ކުޑަ، ލީޑަރެއްގެ ސިފަތައް ހުރި" ކެންޑިޑޭޓަކަށް ވާތީ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ސެލެބްރިޓީންގެ އެންޑޯޒްމަންޓަކީ މާބޮޑު ބުރަދަނެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް ޓޭލާ ސްވިފްޓަކީ ގިނަ ބަޔަކު ލޯބިވާ އަދި އިހްތިރާމްކުރާ ފަންނާނަކަށް ވުމާއި އޭނާގެ 100 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންގެ ތެރެއިން 10 މިލިއަން މީހުން އެ ޕޯސްޓަށް ލައިކް ދީފައިވުމުން ލިބޭ މެސެޖު ވަރުގަދަ އެވެ.

"ޓޭލާ ސްވިފްޓުގެ ފަހަތުން ދިއުމަކީ ވަރަށް ގޯސް ކެމްޕެއިން ސްޓްރެޓެޖީއަކަށް ވާނެ،" އެކްސްގައި މީހަކު ޓްރަމްޕަށް ރައްދު ދެމުން ބުނެފައިވެ އެވެ.

"ޓޭލާ ހަމައިންނެއް ނުނެއްޓޭނެ، އޭނާ ހުންނާނީ ހަމައިގައި."

ޓޭލާ ސްވިފްޓަށް ބަހުގެ ހަމަލާތައް ދީގެން ޓްރަމްޕް ހާސިލްކުރައްވަން އުޅުއްވަނީ ކޮން ކަމެއްކަން ސާފެއް ނޫނެވެ. -- އޭއެފްޕީ