03 ނޮވެމްބަރ 2024
މިއީ އެމެރިކާގައި ފަހުގެ ތާރީހެއްގައި ބާއްވާ އެންމެ ވާދަވެރި ރިޔާސީ އިންތިހާބަށް ވަނީ ވެފަ އެވެ. ނައިބު ރައީސް ކަމަލާ ހެރިސް އެ ގައުމުގެ އެންމެ ފުރަތަމަ އަންހެން ރައީސަށް ވެ ވަޑައިގަތުމަށް މަސައްކަތްކުރައްވާއިރު އަލުން ވެރިކަން ހޯއްދެވުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުކުމެ ހުންނެވީ ކޯޓުގެ ހުކުމްތަކާއި ތަހުގީގުތަކާއި އެތައް ގޮންޖެހުމަކާ އެކުގަ އެވެ.
މިއީ އެމެރިކާގައި ފަހުގެ ތާރީހެއްގައި ބާއްވާ އެންމެ ވާދަވެރި ރިޔާސީ އިންތިހާބަށް ވަނީ ވެފަ އެވެ. ނައިބު ރައީސް ކަމަލާ ހެރިސް އެ ގައުމުގެ އެންމެ ފުރަތަމަ އަންހެން ރައީސަށް ވެ ވަޑައިގަތުމަށް މަސައްކަތްކުރައްވާއިރު އަލުން ވެރިކަން ހޯއްދެވުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުކުމެ ހުންނެވީ ކޯޓުގެ ހުކުމްތަކާއި ތަހުގީގުތަކާއި އެތައް ގޮންޖެހުމަކާ އެކުގަ އެވެ.
ވާދަވެރި ކެމްޕެއިނަށް ފަހު އަންގާރަ ދުވަހު ވޯޓުލާނެ އެވެ.
މިއީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާ ގޮތާއި ރައީސަކު އިންތިހާބުވާ ގޮތުގެ ހުލާސާއެކެވެ.
އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި އޮންނަ ގޮތުން މައިގަނޑު ތިން ޝަރުތެއް ހަމަވުމުން އެ މީހަކަށް ވޯޓުގެ ހައްގު ލިބެ އެވެ. އެއީ އެމެރިކާގެ ރައްޔިތަކަށް ވުމާއި އެ މީހަކު އުޅޭ ސްޓޭޓެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފައި އޮތުމާއި އުމުރުން 18 އަހަރު ފުރިފައިވުމެވެ.
ނަމަވެސް މި ޝަރުތުތައް ބައެއް ސްޓޭޓްތަކުގައި ތަފާތެވެ. ބައެއް ސްޓޭޓްތަކުގައި، ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހުންނަށް ވޯޓު ނުލެވިދާނެ އެވެ. ޖިނާއީ ކުށް ސާބިތުވާ މީހުންނަށް ވޯޓުގެ ހައްގު މުޅި އުމުރަށް ގެއްލޭ ގޮތަށް ވެސް ބައެއް ސްޓޭޓްތަކުގައި ގާނޫނު ހަދާފައިވެ އެވެ.
އެމެރިކާގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 230 މިލިއަނަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އަންދާޒާ ކުރެވެ އެވެ. އެކަމަކު ވޯޓުލާން ރަޖިސްޓްރީކޮށްފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 160 މިލިއަން މީހުންނެވެ. އަދި ރަޖިސްޓްރީކޮށްފައިވާ އެންމެންނަކީ ވެސް ވޯޓުލާނެ މީހުންނެއް ނޫނެވެ. އެންމެ ފަހުން 2020 ވަނަ އަހަރުގެ އިންތިހާބުގައި 66 ޕަސެންޓް މީހުން ވޯޓުލާފައި ވާއިރު އެއީ މިދިޔަ ބައި ގަރުނު ތެރޭ އެމެރިކާގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ.
އެމެރިކާގެ ސިޔާސީ މައިދާން ކޮންޓްރޯލްކުރަނީ ދެ ޕާޓީއަކުންނެވެ. އެއީ ސެންޓަ-ލެފްޓް އަދި ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އާއި ކަނާތު ފިޔައިގެ އަދި ކޮންޒަވޭޓިވް ފިކުރުގެ ރިޕަބްލިކަން ޕާޓީ އެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކޮންމެ ޕާޓީއަކުން ވެސް ކެންޑިޑޭޓުން ނުކުންނާނެ އެވެ. މި ކެންޑިޑޭޓު ކަނޑައަޅަން ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީން ކޮންމެ ސްޓޭޓެއްގައި ވެސް ޕްރައިމަރީ އިންތިހާބެއް ނުވަތަ ކޮކަސްއެއް ބާއްވަ އެވެ. އަދި ހޮވޭ ކެންޑިޑޭޓަކީ ރަސްމީކޮށް ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައަޅައި އިއުލާނުކުރެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެވަނަ ދައުރަކަށް އަލުން އިންތިހާބުވެވަޑައިގަތުމުގެ އުންމީދުގައި އެންމެ ފުރަތަމަ ކުރިމަތިލެއްވިޔަސް، މިދިޔަ ޖުލައި މަހު އޭނާ ކެންޑިޑެސީ ދޫކޮށްލެއްވީ އެވެ. އެއީ ރިޔާސީ ބަހުސްގައި ކުރިމަތިވެވަޑައިގަތް ލަދުވެތިކަމާ އެކު، އިތުރު ހަތަރު އަހަރު ވެރިކަން ކުރެއްވުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރިކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
މީގެ އިތުރުން ގްރީން ޕާޓީގެ ޖިލް ސްޓެއިން އާއި ލިބަޓޭރިއަން ޕާޓީގެ ޗެސް އޮލިވާ އާއި ހަނގުރާމައާ ދެކޮޅު ކޯނެލް ވެސްޓް އަދި އަމިއްލަ ކެންޑިޑޭޓުން ވެސް އިންތިހާބުގައި ވާދަކުރައްވަ އެވެ.
ރިޔާސީ ކެންޑިޑޭޓުން، އެބޭފުޅުންގެ ރަނިންމޭޓުން އައްޔަން ކުރައްވަނީ އަމިއްލައަށެވެ. ޑިމޮކްރެޓިކް އަދި މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް އާއި ރިޕަބްލިކަން ޕާޓީގެ އޮހާޔޯގެ ސެނެޓަރު ޖޭޑީ ވެންސް އަކީ ދެ ކެންޑިޑޭޓުންގެ ދެ ރަނިންމޭޓުންނެވެ.
އެމެރިކާގައި 1845 ވަނަ އަހަރުން ފެށިގެން އިންތިޚާބު ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ ފުރަތަމަ އަންގާރަ ދުވަހު އެވެ. ނަމަވެސް ގިނަ ސްޓޭޓްތަކުގައި "އާލީ ވޯޓިން" އަށް ފުރުސަތު އޮންނާތީ މިހާރު ވެސް 52 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވޯޓު ލައިފަ އެވެ.
އިލެކްޓޯރަލް ކޮލެޖަކީ އެމެރިކާގެ ރައީސް އިންތިހާބު ކުރުމަށް ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ކޮންމެ ސްޓޭޓަކަށް ލިބެނީ އެ ސްޓޭޓެއްގެ ސެނެޓަރުންގެ އަދަދާއި ރެޕްރެޒެންޓެޓިވްސްގެ އަދަދު (އާބާދީއަށް ބިނާކޮށް) އެއްކޮށްލުމުން އަންނަ ޖުމްލަ އަދަދެވެ.
މުޅި އެމެރިކާއަށް ޖުމްލަ 538 އިލެކްޓޯރަލް ވޯޓު އޮވެ އެވެ. ރައީސްކަން ލިބޭނީ މީގެ ތެރެއިން މަދުވެގެން 270 ވޯޓު ލިބިގެންނެވެ.
އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ނައިބު ކަމަލާ ހެރިސް ކެމްޕެއިން ރެލީއެއްގައި: ހިޔާލު ހޯދުމުގެ ވޯޓުތަކުން ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ އޭނާ. -- ފޮޓޯ: އޭއެފްޕީ
ގިނަ ސްޓޭޓްތަކުގައި، ސްޓޭޓްގެ މެޖޯރިޓީ ހޯދާ ކެންޑިޑޭޓަށް އެ ސްޓޭޓެއްގެ ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެ އެވެ. މިއީ "ވިނަ-ޓޭކް-އޯލް" ނިޒާމެވެ.
ޑިސެމްބަރު މަހު އިލެކްޓަރުން އެއްވެ ރަސްމީކޮށް ވޯޓުލަ އެވެ. އަދި ޖެނުއަރީ މަހު ކޮންގްރެސް އިން މިވޯޓުތައް ސައްހަކަމަށް އިއުލާން ކުރެ އެވެ.
ބައެއް ފަހަރު މި ނިޒާމުގެ ސަބަބުން ޕޮޕިއުލަ ވޯޓު (އަޣުލަބިއްޔަތު) ނުލިބޭ ކެންޑިޑޭޓަކަށް ވެސް ރައީސްކަން ލިބޭ ފަހަރު އާދެ އެވެ. މިހެން މިހާތަނަށް ފަސް ފަހަރު ދިމާވެފައިވެ އެވެ. އެންމެ ފަހުން މިހެން ދިމާވީ 2016 ވަނަ އަހަރު އެވެ. އެފަހަރު ޑޮނަލްޑް ޓްރަމްޕަށް ރައީސްކަން ލިބިވަޑައިގަތަސް ޓްރަމްޕަށްވުރެ އިތުރަށް ތިން މިލިއަނެއްހާ ވޯޓު އޭނާގެ ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ލިބިވަޑައިގަތެވެ.
އިންތިހާބު އައިސް ޖެހިފައި ވާއިރު ކަމަލާ އާއި ޓްރަމްޕް ގެންދަވަނީ މުހިންމު ސްވިންގް ސްޓޭޓްތަކުގެ ކޮންޓްރޯލް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ. މި ސްޓޭޓްތަކުގައި ވަކި ކެންޑިޑޭޓަކަށް ވޯޓުލާން އަދި ނިންމާފައި ނުވާ މީހުން ނިންމާ ގޮތެއްގެ ސަބަބުން ނަތީޖާ އެނބުރިގެންދެ އެވެ.
ފައިވްތިރްޓީއެއިޓްގެ ޕޯލް ޓްރެކާއިން ދައްކާ ގޮތުގައި މުޅި ގައުމުގެ ވޯޓަށް ބަލާއިރު ކަމަލާ އަށް 1.5 ޕޮއިންޓުގެ ކުޑަ ލީޑެއް މިވަގުތު ޓްރަމްޕުގެ މައްޗަށް އެބަ އޮތެވެ. ރޮއިޓާސް/އިޕްސޯސްގެ ޕޯލްއަކުން ދައްކަނީ ކަމަލާ ކުރީގައި އެންމެ ޕޮއިންޓެއްގެ ތަފާތުން ކުރީގައި އުޅުއްވާ ކަމަށެވެ.
ޕެންސިލްވޭނިއާ، ޖޯޖިއާ އަދި އެރިޒޯނާ ފަދަ ސްވިންގް ސްޓޭޓްތަކުން ފެންނަނީ ވަރަށް ހަނި ފަރަގެކެވެ. ނޭޝަނަލް ޕޯލްތަކުން ކަމަލާއަށް ތާއީދު ބޮޑުކޮށް ދެއްކިޔަސް، އިލެކްޓޯރަލް ކޮލެޖުގެ ނަތީޖާ އަދިވެސް ޔަގީނެއް ނޫނެވެ.
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް
ޓްރަމްޕް ކާމިޔާބީ އިއުލާނުކުރައްވައިފި!
ފުރަތަމަ ލިބުނު ނަތީޖާތަކުން ޓްރަމްޕް ކުރީގައި
"ބަލި ގަބޫލުކުރާނީ އިންސާފުވެރި އިންތިހާބެއް ނަމަ"
އެމެރިކާގައި މި ވޯޓު ލަނީ ރިޔާސީ ކެންޑިޑޭޓަކަށް ނޫން
ކަމަލާ މެޑިކަލް ރިޕޯޓް ހާމަކޮށް ޓްރަމްޕަށް ޗެލެންޖެއް
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ޓްރަމްޕް ވިދާޅުވަނީ މިއީ ފޭކް ފޮޓޯއެއް ކަމަށް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް