13 އޯގަސްޓް 2024
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސް މިދިޔަ ހަފްތާގައި މިޝިގަންއަށް ވަޑައިގަތް އިރު މަރުހަބާ ކިޔުމަށް ގިނަ ބަޔަކު އެއްވެފައިވާ މަންޒަރު ފެންނަ ފޮޓޯ އަކީ ފޭކެއް ކަމަށާއި އެތަނަށް އެކަކު ވެސް ނުދާ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ ދޮގު ތުހުމަތެއް ކުރައްވައިފި އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސް މިދިޔަ ހަފްތާގައި މިޝިގަންއަށް ވަޑައިގަތް އިރު މަރުހަބާ ކިޔުމަށް ގިނަ ބަޔަކު އެއްވެފައިވާ މަންޒަރު ފެންނަ ފޮޓޯ އަކީ ފޭކެއް ކަމަށާއި އެތަނަށް އެކަކު ވެސް ނުދާ ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ ދޮގު ތުހުމަތެއް ކުރައްވައިފި އެވެ.
ކުރީގެ ރައީސް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ވެބްސައިޓް "ޓްރޫތު" ގައި ވިދާޅުވެފައިވަނީ ކަމަލާ ދަތުރުކުރެއްވި މަތިންދާބޯޓު ޑެޓްރޮއިޓްގައި ޖެއްސި އިރު އެތަނަށް ގިނަ ބަޔަކު އެއްވެފައި ތިބި ކަމަށް ބުނެ އާންމުކުރީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ.
ޓްރަމްޕު ވިދާޅުވީ އެތަނަށް ދިޔައީ އެއާޕޯޓުގެ މެއިންޓެނަންސް މަސައްކަތުގައި އުޅުނު މީހެއް ކަމަށެވެ. އެހެންވެ ކަމަލާގެ ކެމްޕެއިނުން އެކަން ފޮރުވަން އޭއައި ފޮޓޯއެއް ހެދީ ކަމަށް ވިދާޅުވި އެވެ.
Has anyone noticed that Kamala CHEATED at the airport? There was nobody at the plane, and she “A.I.’d” it, and showed a massive “crowd” of so-called followers, BUT THEY DIDN’T EXIST! She was turned in by a maintenance worker at the airport when he noticed the fake crowd picture,… pic.twitter.com/gAEmHR8xzm
— Trump on Truth (@HashtagTrump) August 12, 2024
ކަމަލާ ހެރިސްގެ ކެމްޕެއިން ޓީމުން އާންމުކުރީ ފޭކް ފޮޓޯއެއް ކަމަށް ތުހުމަތުކުރައްވައި ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޕޯސްޓް
ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް ބޮޑެތި އެތައް މީޑިއާއަކުން އެ އިވެންޓުގެ ފޮޓޯ އާއި ވީޑިއޯ ނަގާފައިވެ އެވެ. އަދި އެ އަދަދަށް މީހުން ޖަމާވެފައި ވާތީ ވެސް ފެނެ އެވެ.
އޭއައި ފޮޓޯއެއް ކަމަށް ޓްރަމްޕް ވިދާޅުވާ ފޮޓޯގެ އަސްލު ކަމަލާގެ ކެމްޕެއިން ޓީމުން ބީބީސީއާ ހިއްސާކުރުމުން ބެލި އިރު އައިފޯން 12 ޕްރޯ މެކްސް އަކުން މިޝިގަން އަށް، މި މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 6:28 ގައި ނަގާފައިވާ ފޮޓޯއެއްކަން މެޓަޑާޓާއިން އެނގެ އެވެ. އަދި މި ނޫނަސް ހަމަ އެ ފޯނުން އެތަނުން ނަގާފައިވާ އެހެން ފޮޓޯތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.
?Detroit (technically Romulus, MI)
— Nnamdi (@NnamEgwuon) August 7, 2024
Vice President Harris getting ready to kick off her second event of the day, and third rally with newly crowned running mate Gov. Tim Walz. No crowd size estimate yet, but how many people do you think you can squeeze into an airport hangar? pic.twitter.com/tQuqpEEyBN
ފޭކް ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފޮޓޯގައި ފެންނަ މަންޒަރު ހިމެނޭ ވީޑިއޯއެއް
އެމެރިކާގައި ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ އޭއައި ފޮޓޯ އާއި ވީޑިއޯތައް ހަދައިގެން ކެންޑިޑޭޓުންނާ ދެކޮޅަށް ބޭނުންކުރުމުގެ މައްސަލަ ބޮޑުވެ އާންމުންނަށް ހަގީގަތް އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް، ކެމްޕެއިން ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ފޭކް ފޮޓޯ އާއި ވީޑިއޯ އަދި ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި، ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ މީހުން ވެސް ބައިވެރިވަމުން ދާތީ އެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ އެވެ.
ތަފާތު ބޮޑުކޮށް ޓްރަމްޕް އަލުން ވެރިކަމަށް
ޓްރަމްޕް ކާމިޔާބީ އިއުލާނުކުރައްވައިފި!
ފުރަތަމަ ލިބުނު ނަތީޖާތަކުން ޓްރަމްޕް ކުރީގައި
"ބަލި ގަބޫލުކުރާނީ އިންސާފުވެރި އިންތިހާބެއް ނަމަ"
އެމެރިކާގައި މި ވޯޓު ލަނީ ރިޔާސީ ކެންޑިޑޭޓަކަށް ނޫން
އެމެރިކާގެ އިންތިހާބު: ކުރިއަށްދާ ގޮތާއި ލަފާތައް
ކަމަލާ މެޑިކަލް ރިޕޯޓް ހާމަކޮށް ޓްރަމްޕަށް ޗެލެންޖެއް
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޑޮލަރަށް ބަރޯސާވުން ކުޑަކުރާތީ ޓްރަމްޕްގެ އިންޒާރެއް