Roadha Mihaaru
ޓޭލާ ޅެން ކޮޕީކުރި ކަމަށް ބުނާ މައްސަލަ ކޯޓުގައި

ޓޭލާ ޅެން ކޮޕީކުރި ކަމަށް ބުނާ މައްސަލަ އަލުން ކޯޓްގައިި

14 ޑިސެމްބަރ 2021

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ލަވައެއްގެ ޅެން ކޮޕީކުރި ކަމަށް ބުނެ މީގެ ހަތަރު އަހަރު ކުރިން ކޯޓަށް ހުށަހެޅި މައްސަލާގައި ޅެން ކޮޕީ ނުކުރާ ކަމަށް ކުރިން ނިންމާފައި ވަނިކޮށް އަލުން އަނެއްކާވެސް އެ މައްސަލަ ބަލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ލަވައެއްގެ ޅެން ކޮޕީކުރި ކަމަށް ބުނެ މީގެ ހަތަރު އަހަރު ކުރިން ކޯޓަށް ހުށަހެޅި މައްސަލާގައި ޅެން ކޮޕީ ނުކުރާ ކަމަށް ކުރިން ނިންމާފައި ވަނިކޮށް އަލުން އަނެއްކާވެސް އެ މައްސަލަ ބަލަން ނިންމައިފި އެވެ.

ޝޯން ހޯލް އާއި ނަތަން ބަޓްލާ، ޓޭލާއާ ދެކޮޅަށް ސެޕްޓެމްބަރު 18، 2017 ގައި ހުށަހެޅި މައްސަލާގައި ބުނީ އެމެރިކާގެ އަންހެން ބޭންޑެއް ކަމަށްވާ 3އެލްޑަބްލިއު އަށް އެ މީހުން 2001 ގައި ލިޔެ ދިން ލަވަ "ޕްލަޔަސް، ގޮނަ ޕްލޭ އެންޑް ހޭޓާޒް، ދޭ ގޮނަ ހޭޓް" ލަވައިގެ ޅެން ސްވިފްޓް 2014 ގެ އަލްބަމް "1989" ގެ އަލްބަމްގެ ލަވަ "ޝޭކް އިޓް އޮފް" ގައި ނަކަލުކޮށްފައިވާ ކަމަށެވެ.

އެކަމަކު 11 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޓޭލާ، 31، އެ މައްސަލާގައި ލަވައިގެ ޅެން ކޮޕީނުކުރާ ކަމަށް ކެލިފޯނިއާގެ ފެޑެރަލް ކޯޓުން ނިންމީ ޖެނުއަރީ 3، 2018 ގަ އެވެ. އޭރު އެގޮތަށް ނިންމީ ލަވައެއްގެ ކަޑިތަކެއް އެހެން ލަވައެއްގައި ހިމެނިފައި އޮތުމަކީ ކޮޕީރައިޓްގެ ގާނޫނުގެ ދަށުން ލަވައެއްގެ ޅެން ނަކަލު ކުރި ކަމަށް ދައުވާ ކުރެވޭނެ ހުއްޖަތެއް ނޫން ކަމަށްވާތީ އާއި އެގޮތަށް އެއްގޮތް އިބާރާތްތައް ބޭނުން ކުރަމުން އައުމަކީ އާންމު ކަމެއް ކަމަށްވާތީ އެވެ.

ނަމަވެސް އެ ނިންމުން ޝޯން އާއި ނަތަން އިސްތިއުނާފު ކުރުމުން ކޯޓުން މައްސަލަ އަލުން ބަލައިގަނެ، އެ މައްސަލަ ކުރިއަށް ގެންދާ ގޮތަށް މިހާރު ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން ޓޭލާގެ ފަރާތުން މައްސަލަ ބޭރުކޮށް ދޭން ކޯޓްގައި އެދުނު ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ކެލިފޯނިއާގެ ޑިސްޓްރިކްޓް ކޯޓުން ބުނީ ޅެމުގެ މައްސަލަ ބެލޭނެ ކަމަށެވެ. އެކަމަކު އަދި ފުރަތަމަ އަޑުއެހުން ބާއްވާ ތާރީހެއް ނުނިންމަ އެވެ.

ޓޭލާ ޅެން ކޮޕީކުރި ކަމަށް ބުނާ ލަވައިގެ މައްސަލަ އަލުން ބަލަން ނިންމި އިރު، 2015 ގައި ލަވަކިޔުންތެރިޔާ ޖެސީ ގްރަހަމް ވެސް ހަމަ "ޕްލަޔަސް، ގޮނަ ޕްލޭ އެންޑް ހޭޓާޒް، ދޭ ގޮނަ ހޭޓް" ޅެމުގެ މައްސަލާގައި ދައުވާކޮށް، ޓޭލާގެ އަތުން 42 މިލިއަން ޑޮލަރު ނަގައި ދޭން އެދުނެވެ. އެ މައްސަލަ ވެސް ކޯޓުން އޭރު ބޭރުކުރި އެވެ.

މީގެ އަހަރެއް ކުރިން ނެރުނު ޓޭލާގެ "އެވަމޯ" ގެ އަލްބަމްގެ ނަމުގެ މައްސަލަ ވެސް މި އަހަރުގެ ކުރީކޮޅު ހޫނުވި އެވެ. އެގޮތުން "އެވަމޯ" ކިޔާ އެމެރިކާގެ ތީމް ޕާކަކާއި ޓޭލާ ކޯޅި ދެ ފަރާތުން ކޯޓަށް ވެސް ދިޔަ އެވެ. އެކަމަކު ފަހުން ދެ ފަރާތް އެއްގަލަށް އަރައިގެން ދައުވާ ކުރިއަށް ނުގެންދަން ނިންމި އެވެ.