Roadha Mihaaru
ކަންޔޭގެ ޔީޒީގެ ލޯގޯ ވޮލްމާޓަށް މައްސަލައަކަށް

ކަންޔޭ ވެސްޓްގެ ޔީޒީގެ ލޯގޯ ވޮލްމާޓަށް މައްސަލައަކަށް ވެއްޖެ

02 މެއި 2021

އެމެރިކާގެ މަޝްހޫރު ރިޓެއިލް ކުންފުނި ވޮލްމާޓް ލޯގޯއާ ދާދި އެއްކަހަލަ ގޮތަކަށް، ރެޕާ ކަންޔޭ ވެސްޓްގެ ފެޝަން ބްރޭންޑް ޔީޒީގެ ލޯގޯ ހަދާފައިވާތީ ކަސްޓަމަރުންނަށް އޮޅުން އަރާނެ ކަމަށް ބުނެ ވޮލްމާޓުން ޔީޒީ ލޯގޯގެ މައްސަލަ އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ހުށަހަޅައިފި އެޗެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ރިޓެއިލް ކުންފުނި ވޮލްމާޓް ލޯގޯއާ ދާދި އެއްކަހަލަ ގޮތަކަށް، ރެޕާ ކަންޔޭ ވެސްޓްގެ ފެޝަން ބްރޭންޑް ޔީޒީގެ ލޯގޯ ހަދާފައިވާތީ ކަސްޓަމަރުންނަށް އޮޅުން އަރާނެ ކަމަށް ބުނެ ވޮލްމާޓުން ޔީޒީ ލޯގޯގެ މައްސަލަ އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ހުށަހަޅައިފި އެޗެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު މައްސަލަ ހުށަހެޅީ ލޯގޯއާ ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ތިން ފަހަރެއްގެ މަތިން މުއާމަލާތްކޮށްގެން ވެސް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ އެވެ. ވޮލްމާޓުން ބުނީ ލޯގޯ އެއްގޮތްވުމުގެ ކަންބޮޑުވުންތައް އެންމެ ފުރަތަމަ ޔީޒީއާ ހިއްސާކުރީ މިދިޔަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ވެސް އެ ކުންފުންޏާ ވާހަކަ ދެކެވުނަސް އިޖާބަ ދީފައި ނުވާ ކަމަށް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ވޮލްމާޓުން ހުށަހެޅި ލިޔުންތަކުގައި ބުނެފައިވެ އެވެ.

ދެކުންފުނީގެ ލޯގޯ އަށް ބަލާ އިރު ދެ ލޯގޯ ވެސް ރަމްޒުކޮދް ދެނީ އިރުގެ ދޯދިތަކެވެ. އެގޮތުން 1962 ގައި ވުޖޫދަށް އައި ވޮލްމާޓުން މިހާރު ބޭނުން ކުރާ ލޯގޯ އިންނަނީ އިރުގެ ދޯދިތައް ދިގުކޮށް ހުންނަ ފަލަ ރޮނގުތަކެއް ގޮތަށެވެ. އެ ލޯގޯ ބޭނުން ކުރަން ފެށީ 2007 ގަ އެވެ.

ޔީޒީގެ ލޯގޯގައި ދޯދިތައް އިންނަނީ ތިކިތަކަކުން އިންނަ ދިގު ރޮނގޮތަކެއް ގޮތަށެވެ. އެ ލޯގޯ ރަޖިސްޓްރީކުރަން ހުށަހެޅީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ކަންޔޭގެ ޔީޒީ އަކީ މިހާރު ނުފޫޒު ގަދަ ބްރޭންޑަކަށްވެފައިވާ އިރު، އޭނާ އަށް ބިލިއަނަރެއްގެ މަގާމު ވެސް ލިބުނީ އެ ބްރޭންޑްގެ ވިޔަފާރިން ލިބުނު ކުރިއެރުންތަކާ އެކީގަ އެވެ.

ވޮލްމާޓުން ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ހުށަހަޅާފައި ވަނީ މިހާރު އިން ގޮތަށް ޔީޒީގެ ލޯގޯ ފާސްކޮށް ނުދިނުމަށާއި ލޯގޯ އަށް ބަދަލުތަކެއް ގެނެސްގެން ނޫނީ ފާސްކޮށް ނުދިނުމަށެވެ.