Roadha Mihaaru
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން

ސުލްހަވުމުގެ އުންމީދުގައި ކަންޔޭ ގެއެއް ގަތީ ކިމްގެ ގެއާ ކައިރިން

30 ޑިސެމްބަރ 2021

ކޯޓްގައި ވަރީގެ މައްސަލަ އޮތަސް އަންހެނުން ކިމް ކާޑޭޝަންއާ އަލުން ސުލްހަ ވެވިދާނެކަމުގެ އުންމީދުގައި ކަންޔޭ ވެސްޓް، ކިމްގެ ގެއާ ވަރަށް ކައިރިން ގެއަށް ގަނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޯޓްގައި ވަރީގެ މައްސަލަ އޮތަސް އަންހެނުން ކިމް ކާޑޭޝަންއާ އަލުން ސުލްހަ ވެވިދާނެކަމުގެ އުންމީދުގައި ކަންޔޭ ވެސްޓް، ކިމްގެ ގެއާ ވަރަށް ކައިރިން ގެއަށް ގަނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޮސް އެންޖެލިސް (އެލްއޭ) ގައި ހުންނަ ކިމްގެ އަގުބޮޑު ގެ ހުރި މަގުން އަދި އެގެއާ ދުރު ނޫން ހިސާބަކުން ކަންޔޭ ގަތް ހަތަރު ކޮޓަރީގެ މަލިބޫ މަންޝަން އަކީ 57.3 މިލިއަން ޑޮލަރުގެ ގެއެކެވެ. އެ ގެ އަކީ ބައިގަޑި އިރުން، ކިމްގެ ގެއަށް ފޯރާ ހިސާބުގައި ހުރި ގެއެކެވެ.

ކުރިން ލޮސް އެލްއޭގައި އަންހުންނާއި ހަތަރު ދަރިންނާ އެކު ކަންޔޭ އުޅުނަސް މިދިޔަ އަހަރުގެ ފަހުކޮޅު ކިމްއާ ކުނިޖެހި، ކަންޔޭ ފަހުން ބޮޑަށް ދިރިއުޅެމުން އައީ ކެލިފޯނިއާގަ އެވެ. އޭނަގެ ގާތުން ވަރިވާން، ކިމް ކޯޓަށް ހުށަހެޅީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ބައެއް މީޑިއާތަކުން ބުނީ ކިމްގެ ހިސާބުގަނޑުން ކަންޔޭ ގެއަށް ގަތީ ދަރިންނާ ވެސް ގިނަގިނައިން ބައްދަލުކޮށް، ވަކިން ހާއްސަކޮށް ކިމްގެ ހިތް އަލުން އަތުލެވޭނެކަމުގެ އުންމީދުގަ އެވެ. އަދި އޭނާ އަންނަނީ ކިމްއާ ސުލްހަވާން ބޭނުންވާން އިޝާރާތްތައް ދީ އެފަދަ ވާހަކަތައް ދައްކަމުންނެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެއީ މިހާރު ވުން ވަރަށް ނާދިރުކަމެކެވެ.

ސަބަބަކީ ކިމް، މިހާރު ސީރިއަސް އާ ލޯބިވެރިއެއް ވެސް ހޯދާފައިވުމެވެ. އެއީ އޭނަ އަށް ވުރެ 13 އަހަރު ހަގު އެމެރިކާގެ ކޮމީޑިއަން ޕީޓް ޑޭވިޑްސަންނެވެ.

ކިމް އާއި ޕީޓްގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ކިމްގެ އާއިލާގެ ރުހުން ވެސް މިހާރު ޕީޓަށް ލިބިފައިވެ އެވެ.

ކަންޔޭ، 44، ގާތުން ވަރިވާން ކިމް، 41، ނިންމި އިރު، ތިން ވަނަ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައިވެ އެވެ. އަދި މިއީ ކަންޔޭގެ އަލަތު ކައިވެންޏެވެ. ދެހާސް ސާދައިގައި ކައިވެނިކުރި ކިމް އާއި ކަންޔޭ އަކީ ވެސް ބިލިއަނަރުންނެވެ. އެއީ ދެ މީހުންގެ އަމިއްލަ ވިޔަފާރީންނެވެ.