04 ޖުލައި 2021
އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތަކުން ފުލުހުންގެ ހަރަކާތްތަކެއް ވީޑިއޯކުރަން ފެށުމުން ފުލުހަކު މޮބައިލް ފޯނުން ޓޭލާ ސްވިފްޓްގެ ލަވައެއް ޕްލޭކުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަން ފަށައިފި އެވެ.
އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތަކުން ފުލުހުންގެ ހަރަކާތްތަކެއް ވީޑިއޯކުރަން ފެށުމުން ފުލުހަކު މޮބައިލް ފޯނުން ޓޭލާ ސްވިފްޓްގެ ލަވައެއް ޕްލޭކުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަން ފަށައިފި އެވެ.
އެންޓި ޕޮލިސް-ޓެރާ ޕްރޮޖެކްޓް (އޭޕީޓީޕީ) ގެ އެކްޓިވިސްޓުންތަކެއްގެ ހަމަހިމޭން މުޒާހަރާއެއްގެ ތެރޭގައި މިކަން ހިނގާފައި ވަނީ ފުލުހުންގެ އަނިޔާވެރި އަލަމެއްގައި މަރުވި ކަޅު ނަސްލު މީހެއްގެ ކޯޓު ކޭސް ފެށުމާ ދިމާކޮށް މި މަހުގެ 1 ގައި ބޭއްވި މުޒާހަރެއްގެ ތެރޭގަ އެވެ.
އޭޕީޓީޕީގެ އެކްޓިވިސްޓުންތަކެއް ފުލުހުންގެ ހަރަކާތްތަކެއް ވީޑިއޯކުރަން ފެށުމުން އިސްކޮށް ހުރި އޮފިސަރު ޖީބުން ފޯނުގައި ނަގައި، ޓޭލާގެ ލަވަ "ބްލޭންކް ސްޕޭސް" ޕްލޭކުރީ ޔޫޓިއުބަށް ވީޑިއޯލާން ހުރަސް އެޅުމުގެ ގޮތުންނެވެ. ސަބަބަކީ މީހުންގެ ފިކުރީ މުދާ ބޭނުންކޮށް، ވީޑިއޯ ރެކޯޑްކޮށް ޔޫޓިއުބަށް އަޕްލޯޓްކުރުމަކީ އުސޫލުތަކާ ހިލާފު ކަމަކަށްވުމެވެ.
We are asking all those watching this to donate to support the 3 children of Steven Taylor, a 33 year-old Black man who was murdered by San Leandro PD during a mental health crisis.
— Anti Police-Terror Project (@APTPaction) July 2, 2021
We were supporting his family when this event occurred.
Please donate: https://t.co/hEhKT5ihwN https://t.co/Z4QuVTtNaY
އެހެންވެ އެކަމަށް އިޝާރާތްކޮށް އޮފިސަރު އެކްޓިވިސްޓުންނަށް ބުނީ ބޭނުންހާ އެއްޗެއް ރެކޯޑްކުރަންވީ ކަމަށާއި އެކަމަކު "ތި ވީޑިއޯއެއް ޔޫޓިއުބަށް ނުލެވޭނެ" ކަމަށެވެ. އޭނާ އެހެން ބުނެ ލަވަ ޕްލޭކުރުމުން އެކްޓިވިސްޓުން ލަވަ އެގޮތަށް ބޭނުން ނުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާ ގާނޫނީ ގޮޅިއަކަށް ފެތިދާނެ ކަމަށް ވެސް ބުނެ އެވެ.
މި މަންޒަރު ފަންމަ ވީޑިއޯ ޔޫޓިއުބް ނަގައިފައެއް ނުވެ އެވެ. އޭގައި އެކްޓިވިސްޓުންނާއި އޮފިސަރާ ދެމެދު މުއާމަލާތްކުރެވޭ އިރު ޓޭލާގެ ލަވައިގެ އަޑު މާ ސާފުކޮށް ނޫން ނަމަވެސް އިވެ އެވެ. އަދި އެ ވީޑިއޯ އޭޕީޓީޕީގެ ޓްވިޓާގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
މި ވީޑިއޯ އާންމުވުމާ އެކު އޯކްލެންޑްގެ އަލްމޭޑާ ޕޮލިސް ކައުންޓީ ބުނީ އޮފިސަރުގެ ފަރާތުން ފެނުނު ގަބޫލުކުރެވޭ ކަހަލަ އަމަލެއް ނޫން ކަމަށެވެ.
"ވީޑިއޯގެ މައްސަލަ މިހާރު ވަނީ އަހަރެމެންގެ އިންޓާނަލް އެފެއާޒް ބިއުރޯ އަށް ހުށަހަޅައި އޮފިސަރުގެ ފަރާތުން ފެނުނު އަމަލު ތަހުގީގުކުރަން ފަށާފައި. އަދި ޔަގީންކަންދެން ދެ ދުވަހަކު ވެސް ފުލުހެއްގެ ފަރާތުން މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް،" ކެލިފޯނިއާގެ ފުލުސް ޑިޕާޓްމަންޓުން ބުންޏެވެ.
އެމެރިކާގެ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އުފުލާ އަޑުތައް މި ފަހުން އެންމެ ބޮޑަށް ގަދަވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުލުހުންގެ ބަޔަކު ޖޯޖް ފްލޯއިޑް ކިޔާ ކަޅު ނަސްލުގެ މީހަކު އަނިޔާވެރި ގޮތަކަށް ހައްޔަރުކުރުމުގެ ތެރޭގައި މަރުވުމާ ގުޅިގެންނެވެ.
އެ ހާދިސާގައި ފްލޯއިޑުގެ ކަރަށް ފައިން އަރައި މަރާލިކަމުގެ ކުށް ސާބިތުވި ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޝައުވިން 22 އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައި ނުވާނެ: އާމިރު
މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމުން ކުށްވެރިކޮށްފި
ރުހުން ނެތީސް، މީހެއްގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފުރުވައިލަނީ
ރަޝީދުގެ ޕޯސްޓްމޯޓަމް ހުއްޓުވުމުގެ އަމުރެއް ނުދިން
ރަޝީދުގެ ހަށިގަނޑު ހޯމަ ދުވަހު ބޭރަށް ގެންދަނީ
ޕޯސްޓްމޯޓަމް ހެދިއްޔާ ހަށިގަނޑާ ހަވާލުނުވާނަން: އާއިލާ
10 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި