30 އޮކްޓޯބަރ 2022
ގދ. ހޯނޑެއްދޫގައި މިދިޔަ އަންގާރަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފުރުވައިލުމުގެ ކުރިން އޭނާގެ އާއިލާ އަށް މިރޭ މޫނު ދައްކައިފި އެވެ.
ގދ. ހޯނޑެއްދޫގައި މިދިޔަ އަންގާރަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށް ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެ އިން ބޭރަށް ފުރުވައިލުމުގެ ކުރިން އޭނާގެ އާއިލާ އަށް މިރޭ މޫނު ދައްކައިފި އެވެ.
ހޯނޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަށް ހެދުމަށްޓަކައި މިރޭ ފަތިހު ފުރުވައިލާނެ ކަމަށް އެނގިފައި ވެ އެވެ. އެެހެންވެ، އޭނާގެ މޫނު ބަލަން ފުލުހުން ދިން ކުޑަ ވަގުތުކޮޅުގައި ވެސް ވަރަށް ގިނަ ބަޔަކު ގަލޮޅު މޯޗަރީ އަށް ޖަމާވި އެވެ.
އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ގެންދަން ސަރުކާރުން ނިންމީ، އެ ކަން ހުއްޓުވައި ދިނުމަށް އެދި އާއިލާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އިއްވި ހުކުމަށް ފަހު އެވެ. އެ ހުކުމުގައި މައިގަނޑު ގޮތެއްގައި ބުނީ، ވެފައިވާ އިހުމާލެއްގެ ސަބަބުން މީހަކު މަރުވި ކަމުގެ ތުހުމަތު ކުރެވޭ ކަންކަންމުގައި، އެ މީހާ މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބޭ ކަމަށެވެ. ޝަރީއަތުން އެ ކަން އެގޮތަށް ގަބޫލު ކުރާތީ އާއިލާ އިން އެދުނު ގޮތަށް އަމުރު ނެދެވެން ނެތީ ކަމަށް ހުކުމުގައި ވެ އެވެ.
ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާ ކަމަށް ބުނެ ރަޝީދު 42، ގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އާދޭސްކޮށް މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު މޯޗަރީ ކުރިމަތީގައި އާއިލާ އިން ވަނީ ނޫސްވެރިންނާ ވާހަކަ ދައްކައިފަ އެވެ. އެ ދުވަހު އާއިލާ އިން ބުނީ ޕޯސްޓްމޯޓަމް ހަދައިފި ނަމަ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށެވެެ.
އެކަމަކު، ރަޝީދުގެ ހަށިގަނޑު ހަވާލު ނުކުރުމުން، އާއިލާ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި އާއިލާއާ ހަވާލުކޮށްދިނުމަށް އަމުރެއް ނެރެދިނުމަށް އެދުނީ އެވެ.
ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނަނީ ފުލުހުންގެ ހައްޔަރަށް ގެންދިޔަ ފަހުން އޭނާގެ މެޔަށް ތަދެއް އަރައިގެން އެ ވާހަކަ ތަކުރާރުކޮށް ބުނުމުން ވެސް އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން އަޅައި ނުލުމުންނެވެ.
ގދ. މަޑަވެލި ސިއްްހީ މަރުކަޒަށް ގެންދިޔައިރު ވެސް ރަޝީދު އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ ކައުންސިލުން ބުނެފައިވެ އެވެ. އެހެންވެ، ރަޝީދަށް ފަރުވާ ދިނުން ލަސްކުރުމަކީ އާއިލާ އާއި އެތައް ބައެއްގެ މިހާރުގެ ކަންބޮޑުވުމެކެވެ. ފުލުހުން ލޯންޗަށް އަރުވައިގެން ދިޔައިރު ވެސް ރަޝީދުގެ މޭގައި ރިއްސާ ކަމަށް ބުނެފައިވަނިކޮށް، ފަރުވާ ނުދީ ލަސްކުރީ ކަމަށް އާއިލާ އިން ބުނެ އެވެ.
އަބްދުﷲ ރަޝީދުގެ މޫނު ބަލަން މޯޗަރީ އަށް މިރޭ ޖަމާވި ބައެއް މީހުން.--- ފޮޓޯ: މިހާރު
ރަޝީދުގެ މަރުގެ މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިއްމު ކަމަށް ވާތީ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށްވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ބުނީ ރަޝީދު މަރުވުމުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކޮމިޝަނުން އިސްނަގައިގެން ޖިނާއީ ތަހުގީގެއް ވަނީ ފަށައިފަ އެވެ.
ފުލުހުންނާ ގުޅިގެން ހިންގަމުންދާ އެ ތަހުގީގުގައި ލީޑު އިންވެސްޓިގޭޓަރުގެ ރޯލު އަދާކުރާނީ އެ ކޮމިޝަނުން ކަމަށާއި ފުލުހުންގެ ދައުރަކީ ކޮމިޝަނުގެ ތަހުގީގަށް އެހީވުން ކަމަށް ވެސް މި މައްސަލައިގައި އެންއައިސީ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ރަޝީދު ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ހުއްޓުވުމުގެ އަމުރެއް ނުދިން
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް
މަރުވެފައި އޮއްވާ ފެނުނީ ޖަލުން ދޫކޮށްލި މީހެއް
ރުހުން ނެތީސް، މީހެއްގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
ރަޝީދުގެ ހަށިގަނޑު ހޯމަ ދުވަހު ބޭރަށް ގެންދަނީ
ޕޯސްޓްމޯޓަމަށްފަހު އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލަނީ
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި