30 އޮކްޓޯބަރ 2022
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި އާއިލާއާ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުން ހުއްޓުވައި އާއިލާއާ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ޑްރަގް މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ގދ. ހޯނޑެއްދޫން ރަޝީދު ހައްޔަރުކޮށްފައި ވަނިކޮށް އޭނާގެ މެޔަށް ތަދެއް އަރައިގެން މަރުވުމުން އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ދަނީ ހިންގަމުންނެވެ. އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމާފައި ވިޔަސް، އާއިލާއިން އެކަމާ ދެކޮޅެވެ.
ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ބާއްވައިފަ އެވެ.
އެ އަޑުއެހުމަށްފަހު، ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުންވަނީ ޖިނާއީ ބޮޑު އެހެން މައްސަލައަކާ ގުޅުވައިގެން ކަމަށް ރަޝީދުގެ ވަކީލުން ވިދާޅުވި އެވެ. އެކަމަކު އެހެން މައްސަލައަކާ ގުޅުވައިގެން ޕޯސްޓްމޯޓަމް ނެހެދޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފުރުވައިލަނީ
ރަޝީދުގެ ހަށިގަނޑު ހޯމަ ދުވަހު ބޭރަށް ގެންދަނީ
ރުހުން ނެތީސް، މީހެއްގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
ކޯޓު އަމުރު ނެތަސް ޕޯސްޓް މޯޓަމް ހެދޭނެ: ހުކުމް
ޕޯސްޓްމޯޓަމަށްފަހު އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލަނީ
ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު އިންޑިއާ އަށް