30 އޮކްޓޯބަރ 2022
އިހުމާލެއްގެ ސަބަބުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަރުގެ ހަގީގަތް ދެނެގަތުމަށް މައްޔިތާގެ ޕޯސްޓް މޯޓަމް ހެދުމަކީ ފުލުހުންނަށް ލިބިގެންވާ އިހުތިޔާރެއް ކަމަށާއި ޕޯސްޓް މޯޓަށް ހެދުމަށް ފުލުހުން އިތުރު ކޯޓު އަމުރެއް ހޯދަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
އިހުމާލެއްގެ ސަބަބުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަރުގެ ހަގީގަތް ދެނެގަތުމަށް މައްޔިތާގެ ޕޯސްޓް މޯޓަމް ހެދުމަކީ ފުލުހުންނަށް ލިބިގެންވާ އިހުތިޔާރެއް ކަމަށާއި ޕޯސްޓް މޯޓަށް ހެދުމަށް ފުލުހުން އިތުރު ކޯޓު އަމުރެއް ހޯދަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ ރަށު މީހެއް ކަމަށްވާ އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަަށުގައި ހުއްޓާ މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ކުރާ ތުހުމަތާ އެކު މައްސަލައިގެ ތަހުގީގުގެ ތެރެއިން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ އަބްދުﷲ ރަޝީދުގެ އޮޓޮޕްސީ ހަދަން ނިންމައިފަ އެވެ. މި ނިންމުން ބާތިލްކޮށް މައްޔިތާ ވަޅުލަން ހަށިގަނޑު އާއިލާއާ ހަވާލުކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްކުރީ އެގޮތަށް އަމުރުކޮށްދެވެން ނެތް ކަމަށެވެ.
އާއިލާގެ ރުހުމާ ނުލައި އަދި ކޯޓު އަމުރެއް ނެތި ޕޯސްޓް މޯޓަމް ހެދުމުގެ މައްސަލާގައި ބޮޑު ބަހުސެއް މި މައްސަލާގައި ފެށިފައި ވަނިކޮށް ކުރި ހުކުމުގައި ބުނެފައިވަނީ
● ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ޕޯސްޓް މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުގެ ގަވައިދު" ގައި އިހުމާލުގެ އަމަލަކުން މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓް މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް އޮވޭ.
● ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި އޮންނަ ގޮތުން، ޕޯސްޓް މޯޓަމް ހެދުމަށް ކޯޓު އަމުރެއް އޮތުން ލާޒިމެއް ނޫން.
● ޕޯސްޓް މޯޓަމަކީ އިސްލާމް ދީނުގައި އާންމު އުސޫލުން ހުއްދަ ކަމެއް ނޫން ނަމަވެސް ޖިނާއީ ތަހުގީގުތަކުގައި މަރުވި ސަބަބު ހޯދުމަށް އުނދަގޫވާ ހާލަތްތަކުގަ އާއި މަރުވި ސަބަބު ހަމައެކަނި ޕޯޓް މޯޓަމުން ނޫން ގޮތަށް އެނގެން ނެތް ނަމަ ޕޯސްޓް މޯޓަމް ހުއްދަ ކަމަށް އިސްލާމީ އިލްމުވެރިން ވިދާޅުވޭ.
ހުކުމުން ހާމަވި އެހެން ކަންކަމަށް ބަލާއިރު އަބްދުﷲ ރަޝީދު މަރުވި ސަބަބެއް ކަމަށް މަރު ފޯމުގައި އޮތީ "ސަޑަން ކާޑިއެކް އެރެސްޓް" ކަމަށް ދައުވާކުރި ފަރާތުން ބުންޏެވެ. ޕޯސްޓް މޯޓަމް ހަދަންޖެހޭ ސަބަބެއް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށާއި މަރުވީ ފަރުވާއަށް އެދުމުން ވެސް ފަރުވާ ނުދީ ލަސްކުރުމުން ކަމަށް ޝަރީއަތުގައި ވެސް ވަނީ ބުނެފަ އެވެ. އެކަމަކު ދައުވާ ރައްދުވި ފުލުހުންނާއި މައްސަލައަށް ތަދައްޚުލްވި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލާގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރާތީ މަރުގެ ހަގީގަތް ހޯދައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށާއި މުޖުތަމައުގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަމަަކަށް ވެފައިވާ ކަމަށެވެ.
އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ފުލުހުންނަށް އަމާޒުވި ތުހުމަތުތަކާ އެކު މައްސަލަ ތަހުގީގުކުރަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އިސްވެ ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ޝަރީއަތުގައި ބުންޏެވެ. އަދި މި ތަހުގީގަށް ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެންއައިސީން މައްސަލަ ބެލުމުގެ ގަވައިދާއި ސުޕްރީމް ކޯޓުގެ ހުކުމެއްގައި ކަނޑައަޅާފައިވާ ގޮތަށް ފުލުހުންނާ އެކު ޖޮއިންޓް އިންވެސްޓިގޭޝަން އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޝަރީއަތުގައި ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ޕޯސްޓް މޯޓަމް ހަދައިދޭން ފުލުހުންގެ ކިބައިން އެންއައިސީން އެދުނު ގާނޫނުގެ މާއްދާއަށް ބަލާއިރު ޕޯސްޓް މޯޓަމް ހަދަން އާއިލާގެ ރުހުން ބޭނުން ނުވާނެ ކަމަށް ވެސް ބުންޏެވެ.
ކޯޓުން މިގޮތަށް ހުކުމް ކުރުމާ އެކު ޕޯސްޓް މޯޓަމް ހަދަން ހަށިގަނޑު ރާއްޖޭން ބޭރަށް ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރުހުން ނެތީސް، މީހެއްގެ ޕޯސްޓްމޯޓަމް ހެދިދާނެތަ؟
ރަޝީދުގެ ޕޯސްޓްމޯޓަމް ހުއްޓުވުމުގެ އަމުރެއް ނުދިން
އަތުހަރުގެ ޕޯސްޓްމޯޓަމް މާދަމާ ހަދަނީ
މަރުވެފައި އޮއްވާ ފެނުނީ ޖަލުން ދޫކޮށްލި މީހެއް
ޕޯސްޓްމޯޓަމަށް ފަހު ރަޝީދުގެ ޖަނާޒާ މިއަދު ބާއްވަނީ
ރަޝީދުގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސްފި
ރަޝީދުގެ މަރު: ޖޮއިންޓް ތަހުގީގެއް ހިންގަނީ ކީއްވެ؟
ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން މިރޭ ފަތިހު ފުރުވައިލަނީ
ރަޝީދުގެ ހަށިގަނޑު ހޯމަ ދުވަހު ބޭރަށް ގެންދަނީ
އިންސާފަށް ވާސިލުވާން ޕޯސްޓްމޯޓަމް މުހިއްމު: އެންއައިސީ