Roadha Mihaaru
އަތުހަރުގެ ޕޯސްޓްމޯޓަމް މާދަމާ ހަދަނީ

އަތުހަރުގެ ޕޯސްޓްމޯޓަމް މާދަމާ ހަދަނީ

05 ސެޕްޓެމްބަރ 2024

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހާލު ބޮޑުވެ ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓް މޯޓަމް ހަދަން މިއަދު އިންޑިއާއަށް މިއަދު ފޮނުވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރުމުން ހާލު ބޮޑުވެ ފަރުވާ ދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ޕޯސްޓް މޯޓަމް ހަދަން މިއަދު އިންޑިއާއަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުން ބުނީ އުމުރުން 32 އަހަރުގެ އަތުހަރުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މާދަމާ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ.

ށ. މިލަންދޫ، ހެޕީލޭންޑް، އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:02 ގަ އެވެ.

އަތުހަރު ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށް ސައިކަލެއްގައި ދަނިކޮށް ފުލުހުން މުގުރުން ހަމަލާ ދިނުމަށް ފަހުގަ އެވެ. ފުލުހުން މުގުރުން ޖެހުމުން އޭނާގެ ބޮލާއި މޫނަށް އަނިޔާ ވެފައި ވިޔަސް ސްކޭންތަކާއި ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ފާހަގަނުވާ ކަމަށް ކުރިން ބުނެފައިވެ އެވެ. އޭނާ ޖަލަށް ގެންގޮސް ބަންދުކުރީ ވެސް ހޮސްޕިޓަލުން ދޫކޮށްލުމުން އެ ޒަހަމްތަކާ އެކުގަ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ވަނީ އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އަތުހަރު ބަންދުކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި، އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހެން މަސައްކަތް ކުރިތާ ތިރީހަކަށް މިނިޓް ފަހުންނެވެ.

އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. އަތުހަރު އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް، އޭނާއަށް ގޮޅީގައި އަވަަސް ފަރުވާދޭން އެތަނަށް ވަން ތިން ފުލުހުން މަސައްކަތް ކޮށްފައެއް ނުވެ އެވެ.