Roadha Mihaaru

ބ. އަތޮޅު ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޯޕްސީ ހަދަނީ

ބ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެން އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޯޕްސީ ހަދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 އޯގަސްޓް 2025

ބ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެން އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އެއީ ކޮން ރިސޯޓެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.