Roadha Mihaaru

ނަޕޯލީ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކޮށްފި

ނޭޕްލްސް (ޑިސެމްބަރު 5) - މިދިޔަ ހަފުތާގައި މަރުވި ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާގެ ނަމަށް، ނަޕޯލީގެ ސްޓޭޑިއަމުގެ ނަން ބަދަލުކޮށްފި އެވެ.

ނަޕޯލީ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކޮށްފި

ނޭޕްލްސް (ޑިސެމްބަރު 5) - މިދިޔަ ހަފުތާގައި މަރުވި ނަޕޯލީގެ ކުރީގެ ކުޅުންތެރިޔާ އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާގެ ނަމަށް، ނަޕޯލީގެ ސްޓޭޑިއަމުގެ ނަން ބަދަލުކޮށްފި އެވެ.

އުމުރުން 60 އަހަރުގައި މަަރަޑޯނާގެ މަރުވިތާ ކުޑައިރުކޮޅެއްގެ ތެރޭ ނަޕޯލީގެ ރައީސް އައުރޭލިއޯ ޑި ލޯރެންޓިސް ވަނީ މަރަޑޯނާ އަށް ހާއްސަކޮށް ސްޓޭޑިއަމުގެ ނަން ބަދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ބާރު ލިބުނީ ނޭޕްލްސްގެ މޭޔަރު ލުއީޖީ ޑީ މެޖިސްޓްރިސް ވެސް އެ ހިޔާލަށް ތާއީދު ކުރެއްވުމުންނެވެ.

ނޭޕްލްސް ސިޓީ ކައުންސިލަށް އެ ގޮތަށް ކުރިއަށްދިއުމަށް ހުށަހަޅައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ހުރިހާ މެމްބަރެއްގެ އިއްތިފާގުން ނިންމީ ނަޕޯލީގެ މަޝްހޫރު ސްޓޭޑިއަމްގެ ސްޓޭޑިއޯ ސަން ޕައޮލޯގެ ނަން ސްޓޭޑިއޯ ޑިއޭގޯ އަރްމަންޑޯ މަރަޑޯނާ އަށް ބަދަލުކުރާށެވެ.

ނަޕޯލީ ދަނޑުގައި 2007 ވަނަ އަހަރު ބަހައްޓާފައިވާ ބެނާއެއް. -- ފޮޓޯ: އޭއެފްޕީ

ނަޕޯލީ ދަނޑުގައި 2007 ވަނަ އަހަރު ބަހައްޓާފައިވާ ބެނާއެއް. -- ފޮޓޯ: އޭއެފްޕީ

މަރަޑޯނާގެ ކެރިއަަރުގައި ޔޫރަޕްގެ ފުޓްބޯޅައިގައި އޭނާ އެންމެ ފާހަގަވީ ނަޕޯލީގެ ނޫ ޖޯޒީގަ އެވެ. ބާސެލޯނާ ދޫކޮށް 1984 ވަނަ އަަހަރު ނަޕޯލީ އަށް ބަދަލުވެ އޭނާ ވަނީ އެ ކްލަބްގެ ހާލަތު އެއްކޮށް ބަދަލުކޮށްލައިފަ އެވެ. އޭނާ ވަނީ އެ ކްލަބްގެ ތާރީހުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ހޯދައިދީ އަދި އެ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ.

ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރީ 1987 ވަަނަ އަހަރާއި 1990 ވަނަ އަހަރު އެވެ. އޭނާ 1991 އާ ހަމައަށް ނަޕޯލީ އަށް ކުޅުނުއިރު، އޭނާ ވަނީ ނަޕޯލީ އަށް 1989 ވަނަ އަހަރުގެ ޔުއެފާ ކަޕާއި 1987 ވަނަ އަހަރުގެ ކޮޕަ އިޓާލިއާ އަދި 1990 ވަނަ އަހަރުގެ އިޓަލީގެ ސުޕަ ކަޕް ހޯދައިދީފަ އެވެ. މިއަދާ ހަމައަށް ވެސް 232ީ ނަޕޯލީ އަށް އިޓަލީގައި އެންމެ ކާމިޔާބު އަހަރުތަކެވެ.

މަރަޑޯނާ ވަނީ ނަޕޯލީ އަށް ކުޅެދިން 188 މެޗުގައި 81 ގޯލު ޖަހައިފަ އެވެ. މަރަޑޯނާ 1991 ވަނަ އަހަރު ނަޕޯލީ ދޫކޮށްލަން ޖެހުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިޓަލީ އާއި އާޖެންޓީނާ ކުޅުނު ސެމީ ފައިނަލުގައި މަރަޑޯނާ ޖެހި ޕެނަލްޓީން އިޓަލީ ކެޓުމަށް ފަހު ހިނގައިދިޔަ ކަންތައްތަކެއްގެ ތެރެއިންނެވެ.