Roadha Mihaaru

މަރަޑޯނާގެ ރެކޯޑް ހަމްސިޗް މުގުރާލައިފި

ނޭޕްލްސް (ޑިސެމްބަރު 24) – ސަމްޕްޑޯރިއާ އަތުން 3-2 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި މަގާމް ދެމެހެއްޓި މެޗުގައި ނަޕޯލީގެ ކެޕްޓަން މަރެޗް ހަމްސިޗް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ ރެކޯޑެއް މުގުރާލައިފި އެވެ.

މަރަޑޯނާގެ ރެކޯޑް ހަމްސިޗް މުގުރާލައިފި
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

24 ޑިސެމްބަރ 2017

ނޭޕްލްސް (ޑިސެމްބަރު 24) – ސަމްޕްޑޯރިއާ އަތުން 3-2 އިން މޮޅުވެ ނަޕޯލީން އިޓާލިއަން ލީގުގެ އެއް ވަނައިގައި މަގާމް ދެމެހެއްޓި މެޗުގައި ނަޕޯލީގެ ކެޕްޓަން މަރެޗް ހަމްސިޗް އެ ޓީމުގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ ރެކޯޑެއް މުގުރާލައިފި އެވެ.

ނަޕޯލީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މަރަޑޯނާ ހެދީ 1984 އިން 1991 އަށް 259 މެޗުން 115 ގޯލް ޖަހައިގެންނެވެ. އެ ރެކޯޑް ހަމްސިޗް މުގުރާލީ 465 މެޗުން 116 ގޯލް ޖަހައިގެންނެވެ. މަރަޑޯނާއާ އެކު 1990 ވަނަ އަހަރު އިޓާލިއަން ލީގު ހޯދި ފަހުން ނަޕޯލީން ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ރޭ ހޯދީ މުހިއްމު މޮޅެކެވެ.

އެ ޓީމު 45 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 44 ޕޮއިންޓާ އެކު އޮތީ ރޭ ރޯމާ އަތުން 1-0 އިން މޮޅުވި ޔުވެންޓަސް އެވެ. ރޭ ސަސުއޮލޯ އަތުން 1-0 އިން ބަލިވި އިންޓަ އޮތީ 40 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ މިނެޓުގައި ގެސްޓަން ރަމިރޭޒްގެ ލަނޑުން ސަމްޕްޑޯރިއާ އިން ލީޑު ނެގި އެވެ. ނަޕޯލީ އަށް 16 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އެލަން އެވެ. ސަމްޕްޑޯރިއާ އިން 27 ވަނަ މިނެޓުގައި އަލުން ލީޑު ނެގީ ޕެނަލްޓީއަކުން ފަބިއޯ ކުއަގްލިއެރެލާ ޖެހި ގޯލުންނެވެ. ނަޕޯލީ އަށް 33 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނޭ އެއްވަރުކޮށްދިންއިރު މޮޅުވި ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ހަމްސިޗެވެ. މި މެޗުގެ 77 ވަނަ މިނެޓުގައި ނަޕޯލީގެ މާރިއޯ ރުއީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.