އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން ދިން އޮފާ އަށް، އިޓަލީގެ ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމްހެން ނޫނެކޭ ބުނެފި އެވެ.
އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭ ގޮތަށް ސައޫދީ އަރަބިއްޔާގެ އަލް ހިލާލް އިން ދިން އޮފާ އަށް، އިޓަލީގެ ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމްހެން ނޫނެކޭ ބުނެފި އެވެ.
އޮސީމްހެން މި ސީޒަން ލޯން އުސޫލުން ކުޅުނީ ތުރުކީގެ ގަލަތަސަރާއީ އަށެވެ. ނަޕޯލީން ނިންމާފައި އޮތީ 75 މިލިއަން ޔޫރޯ ދޭ ކްލަބަށް އޭނާ ދާއިމީކޮށް ވިއްކާލާ ގޮތަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަލް ހިލާލް އިން އޮތީ، ނަޕޯލީއާ އެކު އެ އަގަށް އެއްބަސްވެފަ އެވެ.
އަލް ހިލާލް އިން ދެން މަސައްކަތް ފެށީ އޮސީމްހެން އެއްބަސްކުރުވާށެވެ. އެކަމަށްޓަކައި، އޭނާ އަށް ރެކޯޑް މުސާރައެއް ހުށަހެޅި ނަމަވެސް، އެ އޮފާ އޭނާ ރޭ ދޫކޮށްލާފައިވާ ކަމަށް އިތުބާރުކުރެވޭ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަލް ހިލާލް އިން މަސައްކަތް ކުރީ މި ފަހު ފަށާ ފީފާ ވޯލްޑް ކަޕަށް އޭނާ ގެންނާށެވެ. އަލް ހިލާލް އިން ވަނީ އިޓަލީގެ އިންޓަ މިލާނުގެ ކޯޗު ސިމޯނީ އިންޒާގީ ރެކޯޑް މުސާރައެއްދޭ ގޮތަށް ގެނެސްފަ އެވެ. އޮސީމްހެން އަކީ އޭނާ އެންމެ ބޭނުންވި ފޯވާޑެވެ.
އެކަމަކު އުމުރުން 28 އަހަރުގެ އޮސީމްހެން ބޭނުންވަނީ ޔޫރަޕުގައި ކުޅޭށެވެ. ގަލަތަސަރާއީ އިން އަންނަނީ އޭނާ އިތުރު ސީޒަނަކަށް ލޯން އުސޫލުން ގެންދެވޭތޯ މަސައްކަތްކުރަމުންނެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް 41 މެޗުން 37 ގޯލު ޖަހައިފަ އެވެ.
ނަޕޯލީއާ އެކު، 2023 ގައި އިޓާލިއަން ލީގު ކާމިޔާބުކުރި އޮސީމްހެން، އެ ޓީމުގެ މެނޭޖްމަންޓާ އުފެދުނު މައްސަލައިގައި މިދިޔަ އަހަރު ކްލަބް ދޫކޮށްލަން އުޅުނެވެ. އެކަމަކު އޭނާ ވިއްކާލަން ނަޕޯލީން އޭރު ކީ އަގަށް އެއްވެސް ކްލަބާ އެކު އެއްބަސްނުވެވުމުން، އެންމެ ފަހުން ލޯން އުސޫލުން ދޫކޮށްލީ އެވެ. ބަދަލުގައި ނަޕޯލީން ގެނައީ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. އޭނާގެ މޮޅު ކުޅުމާ އެކު ނަޕޯލީން ވަނީ މި ސީޒަނުގައި ލީގު ކާމިޔާބުކޮށްފަ އެވެ.
ޑި ބްރޭނާގެ ޝަރަފުގައި ޖެލާޓޯ ފްލޭވާއެއް
ލީގު ހޯދައިދިނުމަށް ފަހު ކޮންޓޭ ނަޕޯލީ ދޫކޮށްލަނީ
އިންޓަ ފަހަތަށް ޖައްސާލައި ނަޕޯލީން ލީގު ކާމިޔާބުކޮށްފި
އިޓަލީ ލީގު ޗެމްޕިއަން ކަނޑައެޅުން ފަހު މެޗަށް
ނަޕޯލީ މޮޅުވިއިރު ޑި ލޯރެންޓިސް ރާއްޖޭގައި
ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ނަޕޯލީ ނަގާލައިފި
ޔުވެންޓަސް ބަލިކޮށް ނަޕޯލީ ރޭހުގައި ކުރިއަށް
ލުކާކޫގެ ގޯލުން ނަޕޯލީ އަށް ހަ ޕޮއިންޓުގެ ލީޑެއް
އެމްބާޕޭ ނެތްތަން ފޫބައްދާނީ ކްވާރެޓްސްހޭލިއާ؟
ނަޕޯލީ އަށް އެއް ވަނަ ގެއްލިއްޖެ، އެޓަލާންޓާ ފޯމުގައި