02 ޖޫން 2016
ށ. ފުނަދޫ ބަޔަކު އެންމަޑިއެއް ހިފައިގެން، ފަޅުތެރޭގައި ހަދާފައި ހުރި ކޮއްޓަކަށް ލައިގެން ގެންގުޅުނު މައްސަލައެއް ހޫނުވެއްޖެ އެވެ.
ށ. ފުނަދޫ ބަޔަކު އެންމަޑިއެއް ހިފައިގެން، ފަޅުތެރޭގައި ހަދާފައި ހުރި ކޮއްޓަކަށް ލައިގެން ގެންގުޅުނު މައްސަލައެއް ހޫނުވެއްޖެ އެވެ.
އެންްމަޑިއަކީ އެން އަރާ ދުވަސްވަރަށް ކަނޑުން ފެންނަ ބޮޑު މަޑިއެކެވެ. މި ޒާތުގެ މަޑި ހުންނާނީ ބުރިކަށިމަތި ކަޅުކޮށް ބަނޑުފުށް ހުދުކޮންނެވެ. ރާއްޖޭގައި ވަނީ މި ޒާތުގެ މަޑި ހިމާޔަތްކޮށް ހިފުން މަނާކޮށްފަ އެވެ.
ފުނަދޫ ފަޅުތެރޭގައި ހަދާފައިވާ ކޮއްޓަށް ލާފައި އޮތީ މި ޒާތުގެ ކުޑަ މަޑިއެކެވެ. އެ މަޑި އެ ކޮށީގައި އޮންނަތާ ދެތިން ދުވަސް ވެއްޖެ އެވެ. އެކަމަކު މި މަޑީގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން އެންވަޔަރްމެންޓް މިނިސްޓްރީން ވަނީ މި މައްސަލަ ބަލައިފަ އެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ އެ ރަށުގެ މީހުން ހިތްހަމަޖައްސާލުމަށް ހަދާފައި އޮންނަ މި މަސްފެންގަނޑަށް މަޑިލީ މީހަކު ނޭނގޭ ކަމަށެވެ. އަދި އެކަން މިނިސްޓްރީން އެ ކައުންސިލަށް އެންގުމާ އެކު މަޑި ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެންމަޑިއެއް އޮތް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެއީ ރަށުގެ ހުރިހާ އެންމެންނަށް ވެސް މަސް އެޅޭ ގޮތަށް އޮތް ފެންގަނޑަކަށްވުމުން އެންމެން ވެސް އެއަށް މަސް އަޅާނެ،" އަހުމަދު ވިދާޅުވި އެވެ.
މަސް ކޮއްޓެއްގައި ބަންދުވެފައި އޮތް މި މަޑީގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމު ކުރި މީހާ ބުނީ އެ ކޮށީގައި މަޑީގެ އިތުރުން ނުވަ ވެލަ އާއި މިޔަރު ވެސް ހުރި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ އެކި ބާވަތުގެ މަހާއި ދޫނި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮށިތަކުގައި ބަންދުކޮށްގެން ގެންގުޅެ އެވެ. އެކަމަކު މިކަންކަމަށް ފިޔަވަޅު އެޅެނީ ވަރަށް މަދުންނެވެ.
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް ކާށިދުއަށް
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި