17 ނޮވެމްބަރ 2020
ދައުލަތަށް އާމްދަނީ ހޯދުމަށް 300 މިލިއަން ޑޮލަރު (4.6 ބިިލިއަން ރުފިޔާ) ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރިޔަސް، އެތަން ވިއްކައި ނުވަތަ ރަހުނު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ދައުލަތަށް އާމްދަނީ ހޯދުމަށް 300 މިލިއަން ޑޮލަރު (4.6 ބިިލިއަން ރުފިޔާ) ސުކޫކު ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލު ކުރިޔަސް، އެތަން ވިއްކައި ނުވަތަ ރަހުނު ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.
ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި އިސްލާމިކް ކޯޕަރޭޝަން ފޯ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓްރީ ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ސުކޫކު ވިއްކަނީ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕޯސް ވެހިިކަލް (އެސްޕީވީ) އަކަށް ދައުލަތުގެ މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް ބަދަލުކޮށް، އަދި ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޕީވީގެ ބެނިފިޝަލް އޯނާޝިޕްގައިވާ މުދާ އިޖާރާ އެއްބަސްވުމެއްގެ ދަށުން ފިނޭންސް މިނިސްޓްރީއަށް ލީސް ކުރާ ގޮތަށް ކަމަށެވެ. އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެ މުދަލެއް އަނބުރާ ފިނޭންސް މިނިސްޓްރީއަށް ނެގޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންވުމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނިފިޝަލް އޯނާޝިޕް ބަދަލު ކުރުމަކީ އެއްވެސް ގޮތަކަށް އެތަން ވިއްކާލުން ނޫން ކަމަށާއި އަދި އެ މުއްދަތުގައި ފިނޭންސް މިނިސްޓްރީ ނޫން އެހެން ތަނަކަށް ހޮސްޕިޓަލްގެ މިލްކުވެރިކަން ބަދަލު ނުކުރެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ސުކޫކު ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ނުކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ 2017 ވަނަ އަހަރު ވެސް ދައުލަތަށް ފައިސާ ހޯދުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ އިމާރާތް ބޭނުން ކޮށްގެން ސުކޫކު ވިއްކަން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އޭރު ދިމާވި ގާނޫނީ ގޮންޖެހުންތަކަކާ ހެދި އެ މަސައްކަތް ނުކުރެވުނީ ކަމަށާއި ބަޖެޓް ތަންފީޒު ކުރަން ފައިސާ ހޯދޭނެ މަގުތައް ތަނަވަސްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސުކޫކު ވިއްކުމަކީ އިސްލާމީ ގައުމުތަކާއި އެ ނޫން ގައުމުތަކުން ވެސް ކުރަމުންދާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރަނީ
ސަމުރާއީ ބޮންޑު ވިއްކާނީ އަހަރުގެ މެދުތެރޭގައި
100 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުން އާ ސަރުކާރަށް
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބޮންޑް ވިއްކުމުން ވިޔަފާރިތަކަށް ފައިދާ ވާނެ: ސަރުކާރު
ސޮވަރިން ބޮންޑު ވިއްކުމަށް އެހީތެރިވާނެ ބަޔަކު ހޯދަނީ
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ