16 ނޮވެމްބަރ 2020
ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެދިއްޖެ އެވެ.
ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ފަރާތްތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށްޓަކައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކުރަން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ ބާޒާރުގައި 300 މިލިއަން ޑޮލަރު ސުކޫކެއް ވިިއްކަން އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސުކޫކު ވިއްކުމަށްޓަކައި 100 ޕަސެންޓް ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕޮސް ވެސަލް (އެސްޕީވީ) އެއް ހެދުމަށް ފަހު ސުކޫކުގެ އަގުގެ 51 ޕަސެންޓަށް ވުރެ މަތިން އަގު ކުރެވޭ މުދަލެއްގެ ބެނިފިޝަލް އޯނާޝިޕް އެސްޕީވީ އަށް ބަދަލު ކުރަންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ. އަދި މި ވަގުތު ސަރުކާރުގައި ހުރި މުދަލުގެ ތެރެއިން އެކަމަށް އެންމެ އެކަށީގެންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް އެ ސިޓީގައިވެ އެވެ.
ސުކޫކު ވިއްކަން ބޭނުން ކުރާ މުދަލަކީ ފިނޭންސް މިނިސްޓްރީގެ ނަމުގައި އޮތް މުދަލަށް ވާން ޖެހޭ ކަމަށާއި އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލް އޮތީ ހެލްތު މިިނިސްޓްރީގެ ނަމުގައި ކަމަށް އެ ސިޓީގައިވެ އެވެ. އެހެންވެ، އެ ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލްގެ ފިނޭންސް މިނިސްޓްރީގެ ނަން މައްޗަށް ބަދަލު ކުރަން މާލޭ ސިޓީ ކައުންސިލަށް އެންގުމަށް އެ ސިޓީގައި މިނިސްޓަރު އަމީރު އެދިވަޑައިގެންފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން ބަޔާނެއް ނެރޭނެ ކަމަށެވެ.
އައިސީޑީއާ އެކު 300 މިލިއަން ޑޮލަރު ސުކޫކެއް ވިއްކަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ކުރިން އޮތީ ވިދާޅުވެފަ އެވެ.
ދަރުމަވަންތަ ވިއްކައި، ރަހުނެއް ނުކުރާނެ: ފިނޭންސް
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް
އެމްއެމްއޭ އިން ހަތަރު މަހުން 4 ބިލިއަން ރުފިޔާ ދީފި
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
ދައުލަތަށް ލިބުނު ހިލޭ އެހީ 385 މިލިއަނަށް
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ