27 ޑިސެމްބަރ 2016
ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑު ވިއްކަން އެހީތެރިވެދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ބޭރުގެ ހިއްސާ ބާޒާރަށް ބޮންޑު ވިއްކުމަށް ބޭންކްތަކަށާއި އިންވެސްޓްމަންޓް ހައުސްތަކަށް ލީޑް މެނޭޖާސް ނުވަތަ ބުކް ރަނާސްގެ ދައުރު އަދާކުރުމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އެފަދަ ދައުރެއް އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެ އެވެ.
އެ އިއުލާނުގައި ވަނީ ލީޑް މެނޭޖަރެއްގެ ދައުރު އަދާކުރުމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތް އައްޔަން ކުރުމުގެ ޖާގަ އޮންނާނެ ކަމަށެވެ. އަދި އެކަމަށް އައްޔަން ކުރާނެ ފަރާތްތަށް ކަނޑައެޅުމަށް ވަކިވަކި ބޭންކުތަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ބޮންޑު ވިއްކަން އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ފައިސާ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކަށް ބޮންޑާއި ސުކުކް ވިއްކައިގެން 1.4 ބިލިއަން ރުފިޔާ ހޯދަން 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި އެ ފައިސާ ހަރަދުކުރަން ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތަށް ކަމަށާއި އެ މަޝްރޫއުގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޮންޑު ވިއްކައިގެން ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.
ބަޖެޓްގައި ބުނެފައި ވަނީ ރާއްޖެއިން ބޭރުން ފައިސާ ހޯދަން ނިންމާފައި ވަނީ މަޝްރޫއުތަކަށް މުދަލާއި މެޝިނަރީ އެތެރެކުރަން ބޭރު ފައިސާ އެތެރެކުރަން ބޭނުންވާތީ ކަމަށެވެ. އަދި އެ ފަދަ މަޝްރޫއުތަކަށް ބޭރު ފައިސާ ހޯދައިގެން ހަރަދުކުރުމުން ރާއްޖޭގައި މިހާރު ހުރި ބޭރު ފައިސާ ޑިމާންޑަށް އިތުރު ޕްރެޝަރެއް އަދި ރަސްމީ ރިޒާވަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ވެސް ކުޑަވާނެ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް ވިއްކަން ނިންމާފައި ވަނީ ހަމަޖެހިފައިވާ ރޭޓެއްގައި، ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ފަށާ ގޮތަށެވެ.
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ދައުލަތުގެ ހުސް ތިޖޫރި އަށް ހަ މަސް ތެރޭގައި އުންމީދު
ކެޕިޓަލް ހަރަދު 1.5 ބިލިއަން ރުފިޔާ ދަށް
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
10 މަހުން ޓީ-ބިލާއި ބޮންޑަށް 8.2 ބިލިއަން!
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 115 ޕަސެންޓަށް
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް
ދަރުމަވަންތަ ވިއްކައި، ރަހުނެއް ނުކުރާނެ: ފިނޭންސް
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު