14 ނޮވެމްބަރ 2018
ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 100 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކުން މަޑުޖައްސާލައި، އާ ސަރުކާރަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން، ބޭރުގެ ހިއްސާގެ ބާޒާރަށް 100 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކުން މަޑުޖައްސާލައި، އާ ސަރުކާރަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް، މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި މުނައްވަރު ވިދާޅުވީ ފައިނޭންސިން ޕްލޭންގައިވާ ގޮތަށް ޓެކްސް ގޮތުގައި 700 މިލިއަން ރުފިޔާ ނުލިބުމުގެ ސަބަބުން ކޭޝް ފްލޯ މެނޭޖް ކުރުމަށް ދަތިތަކެއް ދިމާވާ ކަމަށެވެ.
ނަމަވެސް، ފައިނޭންސިން ޕްލޭނާ އެއްގޮތަށް 100 މިލިއަން ޑޮލަރުގެ ބޮންޑެއް ރެއިޒް ކުރުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އެކަމަކު، އެ ބޮންޑު ވިއްކުމާ މެދު ގޮތެއް ނިންމާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ދުބާއީ އެމިރޭޓްސް ބޭންކާއެކު މަސައްކަތްތަކެއް ކޮށްފައި ވަނީ. މީގެ ބޭނުމަކީ ކޭޝް ފްލޯ މެނޭޖް ކުރަން. ދަރަނި ނަގަން އެބަޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.
މި ސަރުކާރުން މި އަހަރާއި މިދިޔަ އަހަރު އާ ރެވެނިއު ޕޮލިސީތަކެއް ތައާރަފް ކުރިއިރު، އާމްދަނީ ހޯދޭނެ ގޮތްތަކެއް އާ ސަރުކާރުން ހޯދަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އާމްދަނީ ދަށްވަމުން ދިޔަ ނަމަވެސް، އާ ސަރުކާރުން އިންކަމް ޓެކްސް ނަގަން ވައުދުވެފައިވާކަން މުނައްވަރު ފާހަގަކުރެއްވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ހަރަދު އިތުރުވަމުން ދާއިރު، ޓެކްސް ނެގޭނެ ގޮތްތަކަކީ ކޮބައިތޯ ބަލަން ޖެހެ އެވެ. ދިރާސާ ނުކޮށް، ޓެކްސްތަކެއް ނުނެގުމަށް މުނައްވަރު އެދިވަޑައިގެންނެވި އެވެ.
މުނައްވަރު ވިދާޅުވީ 700 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ޓެކްސް ނަގަން ބެލި އިރު، އެކަމަށް އެކަށީގެންވާ ދިރާސާއެއްކޮށްފައި ނުވާ ކަން ފާހަގަ ކުރެވުނު ކަމަށެވެ. އެކަމަކު، މިދިޔަ 10 އަހަރަކީ ވަރަށް ގިނަ ޓެކްސްތަކެއް ގެނައި އަހަރެއް ކަން މުނައްވަރު ފާހަގަ ކުރެއްވި އެވެ.
ޓެކްސް އެންމެ ރަނގަޅަށް ކަލެކްޓް ކުރާ ގައުމުގެ ގޮތުގައި ރާއްޖެ ފާހަގަ ކުރެވިފައިވީ ނަމަވެސް، ޓެކްސް ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޓެކްސް ޔުނިޓެއް މިނިސްޓްރީގައި ގާއިމް ކުރަން އައިއެމްއެފްގެ އެހީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި އަހަރަށް ފާސް ކުރި ބަޖެޓުގައި 200-300 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކާނެ ކަމަށް ބުނެފައިވެ އެވެ. ބޮންޑް ވިއްކައިގެން ލިބޭ ފައިސާ ހޭދަ ކުރަނީ މަޝްރޫއުތަކަށެވެ.
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ
ބޮޑު ފައިދާ ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ
މިހާރު ހުރި ޕެންޝަން ސްކީމްތައް ކުރިއަކަށް ނުގެންދެވޭނެ
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބަޖެޓުގައި ޖެހި މަޝްރޫއުތަކުގެ ތަފްސީލު ނުދޭތީ ނުރުހުން
ދަރުމަވަންތަ ވިއްކައި، ރަހުނެއް ނުކުރާނެ: ފިނޭންސް
ސަމުރާއީ ބޮންޑު ވިއްކާނީ އަހަރުގެ މެދުތެރޭގައި
މިދިޔަ އަހަރުގެ ބަޖެޓުން ހޭދަކުރީ 28 ބިލިއަން ރުފިޔާ
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު