14 ނޮވެމްބަރ 2018
ދައުލަތުގެ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް ހިންގަމުން އަންނަނީ އެކަމަށް ހާއްސަ ގާނޫނެއް ނުހަދާ ކަމަށް ވާތީ، އެ ފަންޑުގެ މަގުސަދާ ޚިލާފަށް އަމަލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ފަންޑު ރައްކާތެރިކުރުމަށް ގާނޫނެއް ހަދަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް ހިންގަމުން އަންނަނީ އެކަމަށް ހާއްސަ ގާނޫނެއް ނުހަދާ ކަމަށް ވާތީ، އެ ފަންޑުގެ މަގުސަދާ ޚިލާފަށް އަމަލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ފަންޑު ރައްކާތެރިކުރުމަށް ގާނޫނެއް ހަދަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި އިރު ބަޖެޓް ފޮތުގައި ބުނެފައި ވަނީ ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ގެންގޮސްދީ އޭގެ މަގުސަދު ހާސިލުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ސޮވްރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އުފެއްދީ 2017 ވަނަ އަހަރު އެވެ. އެ ފަންޑަށް އަންނަ އަހަރު ޓްރާންސްފާކުރުމަށް ބަޖެޓްގައި ޖަހާފައި ވަނީ 705.6 މިލިޔަން ރުފިޔާ އެވެ. އެ ގޮތުން ޖަމާކުރަން ނިންމާފައި ވަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނައުމުން އިތުރުވާ ފައިސާ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. އިގްތިސާދީ ދުވެލި 6.8 ޕަސެންޓްގައި ހުންނާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
ބޮޑު ފައިދާ ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ
1.4 ބިލިއަން ރުފިޔާ ހޯދަން ބޮންޑާއި ސުކުކް ވިއްކަނީ
އަންނަ އަހަރު އިގްތިސާދު 4.4 ޕަސެންޓުގައި ކުރިއަރާނެ
ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކުރަން ޖެހޭ:އީވާ
ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރު: އަމީރު
މިހާރު ހުރި ޕެންޝަން ސްކީމްތައް ކުރިއަކަށް ނުގެންދެވޭނެ
29 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި
ދަރަނި 43 ބިލިއަން ރުފިޔާ އަށް، ބޮންޑު ވިއްކަނީ
ބަޖެޓުގައި ހިމަނާފައިވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީ