Roadha Mihaaru
ނުވަ މަސް ފަހުން ރައީސް އަތޮޅު ތެރެއަށް

ނުވަ މަސް ފަހުން ފުރަތަމަ ފަހަރަށް ރައީސް މީހުން ދިރިއުޅޭ ރަށަކަށް ވަޑައިގަންނަވަނީ

17 ނޮވެމްބަރ 2020

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކުރި ފަހުން މީހުން ދިރިއުޅޭ ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ހއ. ހޯރަފުށްޓަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންކުރި ފަހުން މީހުން ދިރިއުޅޭ ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ހއ. ހޯރަފުށްޓަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ހޯރަފުށްޓަށް މާދަމާ ރައީސް ވަޑައިގަންނަވަނީ އެރަށުގައި ތަރައްގީކުރި އެއާޕޯޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެ އެއާޕޯޓްގައި މިއަދު ވަނީ ޓެސްޓް ފްލައިޓެއް ޖައްސައިފަ އެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފިޔަވަޅުތައް އަޅަން ފެށިފަހުން މީހުން ދިރިއުޅޭ ރަށަކަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މީހުން ދިރިއުޅޭ ރަށަކަށް އެންމެ ފަހުން ރައީސް ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ކ. ތުލުސްދޫއަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން 1،200 މީޓަރުގެ ރަންވޭއަކާ އެކު ހެދި ހޯރަފުށީ އެއާޕޯޓަށް 198 މިލިއަން ރުފިޔާ ޚަރަދުކުރި އެވެ. އެ މަޝްރޫއުއަށް އެރަށުގެ ފަޅުން ވެސް ބައެއް ހިއްކި އެވެ.